- Advertisement -ad image

އިންސާނީ ހައްގުތައް މަނާކުރާ ކަމަށްބުނެ، ގަތަރުގައި އޮންނަ ވޯލްޑްކަޕް ބޮއިކޮޓް ކުރަން ގޮވަނީ

ad image

ގުޅުންހުރި ލިޔުންތައް

އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓު ކުރުން މަނާކޮށްފައިވާތީ ގަތަރުގައި މިމަހު ފަށާއި ވޯލްޑްކަޕް ބޮއިކޮޓް ކުރަން ގޮވަން ފަށައިފިއެވެ.
އެގޮތުން ރޭ ކުރިއަށްދިޔަ ޖަރުމަނު ލީގު މެޗެއްގައި ސަޕޯޓަރުން ވަނީ ބޮއިކޮޓް ގަތަރު 2022 ޖަހާފައިވާ ބެނާއެއް އަރުވާފައެވެ.
ވޯލްޑްކަޕް ބޮއިކޮޓް ކުރަން އެންމެ ގަދަޔަށް ގޮވަމުން އަންނަނީ ޖަރުމަނުގެ ސަޕޯޓަރުންނެވެ.

މީގެ އިތުރުން ފްރާންސްގެ ޕެރިސްގައިވެސް ބޮޑު ސްކްރީންގައި ވޯލްޑްކަޕްގެ އެއްވެސް މެޗެއް ނުދެއްކުމަށް ވަނީ ނިންމާފައެވެ.

ޖަރުމަނުގެ ބައެއް ވިޔަފާރިވެރިންވެސް ދަނީ މުބާރާތް ބޮއިކޮޓް ކުރުމުގެ ގޮތުން އެމީހުންގެ ބާ ތަކުގައި ފުޓްބޯޅަ މެޗްތައް ނުދައްކާނެ ކަމަށް ބުނަމުންނެވެ.
ސަބަބަކީ މެޗްތަކަށް ވަންނަ ސަޕޯޓަރުންނަށް ބިއަރު އެއްޗެހި ނުވެއްދޭތީ ކަމަށް އެމީހުން ބުނެފައިވެއެވެ.
ޖަރުމަނުގެ ފުޓުބޯޅައިގެ ފޭނުން ބުނެފައިވަނީ މިއީ އިންސާނަކަށް ވާއިރު ލިބެންޖެހޭ އިންސާނީ ހައްގުތައް ކަމަަށެވެ.
ގަތަރަކީ ވޯލްޑްކަޕް ބާއްވާ ފުރަތަމަ މެދުއިރު މަތީގެ ގައުމެވެ. ވޯލްޑް ކަޕް ކުރިއަށް ދާނީ މިމަހުގެ 20 އިން ޑިސެމްބަރު 18 ވަނަ ދުވަހަށެވެ.

ގަތަރުގެ ފޮރިން މިނިސްޓަރ ވިދާޅުވީ، ބޮއިކޮޓް ކުރަން ގޮވިއަސް މުބާރާތުގެ މެޗްތަކުގެ 97 އިންސައްތަ ޓިކެޓް މިހާރު ވިކިފައިވާ ކަމަށެވެ. އަދި އެންމެ ގިނައިން ޓިކެޓް ގަނެފައިވާ ގައުމުތަކުގެ ތެރޭގައި ޔޫރަޕަށް ނިސްބަތްވާ ފްރާންސް ހިމެނޭ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ