- Advertisement -ad image

ވޯލްޑްކަޕްގެ ޕޯރޗްގަލް ކުޅޭ މެޗްގެ ޓިކެޓެއް ދިވެއްސަކު ވިއްކަނީ!

ad image

ގުޅުންހުރި ލިޔުންތައް

މިމަހުގެ ވިހި ވަނަ ދުވަހު ފަށާއި ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ޓިކެޓް ދިވެހިން ފޭސްބުކް މެދުވެރިކޮށް ވިއްކަން ފަށައިފިއެވެ.
އެގޮތުން ދިވެއްސަކު ފޭސްބުކް އަށްލާފައިވާ ޕޯސްޓެއްގައި ވަނީ މިމަހުގެ 24 ވަނަ ދުވަހު ޕޯރޗްގަލް އާއި ގާނާ ބައްދަލުކުރާ މެޗުގެ ޓިކެޓެއް ވިއްކަން ޖަހާފައެވެ.
ޓިކެޓް ވިއްކާ ކަމަށް ބުނެފައިވަނީ 3000 ރުފިޔާ އަށެވެ. ޕޯރޗްގަލް އާއި ގާނާ ހިމެނެނީ ގުރޫޕު އެޗްގައެވެ. ރާއްޖޭގައިވެސް ގިނަ އަދަދަކަށް ޕޯރޗްގަލްގެ ހާއްސަކޮޑް ރޮނާރލްޑޯގެ ސަޕޯޓަރުން ގިނައެވެ. ޓިކެޓް ވިއްކުމަށް ޖަހާފައިވާ މި ޕޯސްޓްގައި ގުޅޭނެ ނަމްބަރު އަދި ޓިކެޓް ވިއްކާ އަގުވެސް ޖަހާފައިވެއެވެ.


މިއީ ރާއްޖެ އާއި އެންމެ ކައިރީގައި ވޯލްރޑް ކަޕް ބާއްވާ ފުރަތަމަ ފަހަރަށް ވާއިރު މި މުބާރާތުގެ މެޗްތައް ބެލުމަށް ގިނަ ދިވެހިންތަކެއް ދާނެ ކަމަށް ބެލެވެއެވެ.
ނަމަވެސް ވޯރލްޑް ކަޕް މެޗްތަކުގެ ޓިކެޓަކީ ކުރިން ބުކިން ހައްދައިގެން ވަރަށް ކުރިން ވިއްކާފައިވާ ޓިކެޓެވެ. ގަތަރުން ބުނެފައުވަނީ މުބާރާތުގެ 97 އިންސައްތަ ޓިކެޓް މިހާރު ވިކިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ