- Advertisement -ad image

ދުނިޔޭގެ ފުރަތަމަ 3ޑީ މިސްކިތް ދުބާއީގައި 2025 ވަނަ އަހަރުގެ ނިޔަލަށް އަޅައި ނިންމަނީ!

ad image

ގުޅުންހުރި ލިޔުންތައް


ދުނިޔޭގެ އެންމެ ފުރަތަމަ 3 ޑީ މިސްކިތް އަޅަން ފަށާފައިވާ ކަން ދުބާއީން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މިސްކިތް އަޅާނީ 2،000 އަކަމީޓަރުގެ ބޮޑު ބިމެއްގައި ބަރ ދުބާއީ އޭރިއާގައެވެ. މި މިސްކިތުގެ މަސައްކަތް ކުރަން ފަށާނީ މިއަހަރުގެ އޮކްޓޯބަރު މަހުއެވެ. އަދި 2025 ވަނަ އަހަރު ކުރީކޮޅަށް މިސްކިތް ނިމޭއިރު 600 މީހުންގެ ޖާގަ މި މިސްކިތުގައި އޮންނާނެއެވެ.
ދަ ނޭޝަނަލް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިމާރާތުގެ ސްޓްރަކްޗާގެ 3ޑީ ޕްރިންޓިން ނިންމުމަށް ގާތްގަނޑަކަށް ހަތަރު މަސް ދުވަސް ނަގައެވެ. އަދި ދެން އިތުރު 12 މަސް ދުވަސް ނެގީ އެކަށީގެންވާ ވަސީލަތްތަކާއެކު މިސްކިތް އިމާރާތް ނިންމުމަށެވެ.
ދުބާއީގެ އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކްޓިވިޓީސް ޑިޕާޓްމަންޓް (އައިއޭސީއޭޑީ) އިން ބުނީ ގަޑިއަކު ދެ އަކަމީޓަރު ޕްރިންޓް ކުރާ ރޮބޮޓިކް 3ޑީ ޕްރިންޓަރެއް ތިން މަސައްކަތްތެރިއަކާއެކު ހިންގާނެ ކަމަށެވެ.
އައިއޭސީއޭޑީގެ އިންޖިނިއަރިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަލީ އަލް ސުވައިދީ ވިދާޅުވީ ޕްރިންޓަރުގައި ރޯ މެޓީރިއަލްސް އާއި ތަފާތު ކޮންކްރީޓް މިކްސްޗަރއެއް މިކްސް ކުރާނެ ކަމަށެވެ.
ޕްރިންޓިން ޕްރޮސެސް މަސައްކަތް ކުރަނީ އިންކްޖެޓް ޕްރިންޓަރަކާ އެއްފަދައިން ކޮމްޕިއުޓަރަކުން މެޕްކޮށްފައިވާ ކުރިން ކަނޑައެޅިފައިވާ މާއްދާއެއް ލޭޔަރކޮށްގެންނެވެ.
އެގޮތުން މަޢުދަންތައް ހިމެނޭ ދައުރުވާ ތަކެތި ވަގުތުން ކޮންކްރީޓަށް ސޮލިޑިފައިވެ ޑިޖިޓަލް މޮޑެލްތައް ތިން ޑިމޭންޝަންގެ އެއްޗަކަށް ބަދަލުވެގެންދާނެއެވެ.
އަލް ސުވައިދީ ބުނި ގޮތުގައި މިއީ ދުނިޔޭގައި މިބާވަތުގެ ފުރަތަމަ މިސްކިތް ކަމަށް ވާއިރު، އާންމު އުސޫލުން ހަދާ މިސްކިތްތަކަށް ވުރެ 30 ޕަސެންޓް ބޮޑު ހަރަދެއް މި 3ޑީ މިސްކިތައް ހިނގާނެއެވެ. ނަމަވެސް ގާތްގަނޑަކަށް 30 އަހަރު ދުވަހުގެ މުއްދަތަށް ދެމިގެންދާ 3ޑީމިސްކިތް އެޅުމަށް ކުރާ ހަރަދު ކުޑަވެދާނެ ކަމަށް އޭނާ އުންމީދު ކުރެ އެވެ.
މިސްކިތް ފަރުމާކުރުމަށް ފަހުގެ ރުހުން ހޯދުމަށް އައިއޭސީޑީން ދަނީ ދުބާއީ މުނިސިޕަލްޓީއާ ކޯޑިނޭޓް ކުރަމުންނެވެ. މި މިސްކިތަކީ އިންސާނިއްޔަތުގެ ހެޔޮކަމަށް ޓެކްނޮލޮޖީ ބޭނުންކޮށް، 2030 ވަނަ އަހަރުގެ ނިޔަލަށް އެ ދާއިރާގެ ލީޑަރެއްގެ ގޮތުގައި ސިޓީ ޕޮޒިޝަން ކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރިއަށް ގެންދާ ދުބާއީ 3ޑީ ޕްރިންޓިން ސްޓްރެޓެޖީގެ އެންމެ ފަހުގެ ފިޔަވަޅެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ