- Advertisement -ad image

ޖާނުންފިދާވުމުގެ ހަމަލާއެއްގައި ނުވަ ފުލުހުން މަރާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ޕާކިސްތާނުގެ ބަލޮޗިސްތާނުގައި ބޮމެއް ގޮއްވައިލާ، ފުލުހުންގެ ނުވަ މީހުން މަރައިލައިފިއެވެ.
މިއީ އަމިއްލައަށް މަރުވެގެން މީހަކު ދީފައިވާ ހަމަލާއެކެވެ.
މީގެ އިތުރުން މިހމަލާގެ ސަބަބުން 13 މީހަކު ޒަޚަމުވިއެވެ.
ބޮމުގެ ހަމަލާ އަމާޒުކޮށްފައި ވަނީ ފުލުހުން ގޮވައިގެން ދަތުރުކުރަމުންދިޔަ ވެހިކަލަކަށެވެ.
މިހަމަލާދީފައިވަނީ ސައިކަލެއްގައި ގޮސް ފުލުހުންގެ އުޅަނދާއި އަރައި ހަމަކުރުމަށް ފަހު ކަމުގައި ފުލުހުންގެ އިސް އޮފިޝަލު ޢަބްދުލް ހާއީ އާމިރު ވިދާޅުވިއެވެ. މި ހާދިސާ ހިނގާފައި ވަނީ ބަލޮޗިސްތާނުގެ ކައްޗީ ޑިސްޓްރިކްޓުގެ ރަށެއް ކަމުގައިވާ ދަދަރުގައެވެ.
މިއީ 24 ގަޑިއިރުގެ ތެރޭގައި ބަލޫޗިސްތާނުގައި ސަލާމަތީ ބާރުތަކަށް ދިން ދެވަނަ ހަމަލާއެވެ.

މި ހަމަލާގައި މަރައިލާފައި ވަނީ، ކައްޗީގައި އޮތް ހަފުލާއެއްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެ ސަރަޙައްދަށް ދަތުރުކުރި ފުލުހުންގެ ޓީމެއް ކަމުގައި ކައްޗީގެ ފުލުހުންގެ އިސްވެރިޔާ މަޙުމޫދު ނޯޓްޒާއީ ވިދާޅުވިއެވެ. ޕާކިސްތާނުގައި ހަރަކާތްތެރިވާ އެއްވެސް ޓެރެރިސްޓު ޖަމާޢަތަކުން އަދި މިހާތަނަށް މި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.
މިދިޔަ ފެބްރުވަރީ މަހު ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރެރިސްޓު ޖަމާޢަތެއް ކަމުގައިވާ ތަހްރީކުއްތާލިބާން ޕާކިސްތާނުން (ޓީ.ޓީ.ޕީ)އިން ވަނީ ބަނދަރުމަތީ ރަށް ކަރާޗީގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް ހަމަލާދީ ފަސް މީހުން މަރައިލާފައެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ