- Advertisement -ad image

2085 ވަނަ އަހަރުގެ ނިޔަލަށް ޔޫރަޕުގެ 13 ގައުމެއްގައި މުސްލިމުންގެ މެޖޯރިޓީ އާބާދީއެއް އޮންނާނެ!

ad image

ގުޅުންހުރި ލިޔުންތައް


މި ޤަރުނުގެ ކޮންމެވެސް ހިސާބަކުން ރަމަޟާންމަސް ފާހަގަކުރާ މީހުންގެ އަދަދު ކްރިސްމަސް ފާހަގަކުރާ މީހުންނަށްވުރެ އިތުރުވާނެއެވެ.
މިވަގުތު މުޅި ދުނިޔޭގައި 2.2 ބިލިއަން ކްރިސްޓިއަނުންނާއި 1.97 ބިލިއަން މުސްލިމުން އެބަތިއްބެވެ.
ނަމަވެސް މުސްލިމުންގެ ދަރިމައިވުމުގެ ނިސްބަތް މަތިވުމުން އެވްރެޖްކޮށް އަންހެނަކަށް 2.9 ކުދިން ލިބޭއިރު ނަޞާރާއިންނަށް 2.6 ކުދިން ލިބެއެވެ. އިސްލާމްދީން ދުނިޔޭގެ އެންމެ ބޮޑު ދީނަކަށް ވާނީ 2075 ވަނަ އަހަރު ކަމަށް ޕިއު ރިސާޗުން ބުނެއެވެ.
އާންމު ގޮތެއްގައި ޔޫރަޕްގައި ދަރިމައިވުމުގެ ނިސްބަތަކީ 1.49 ކަމަށްވާއިރު، މިއީ ބަދަލުކުރުމުގެ މިންވަރަށް ވުރެ ދަށް މިންވަރެކެވެ. މިދިޔަ އަހަރު ޔޫރަޕްގެ އާބާދީ 1.1 މިލިއަން ދަށްވެފައިވާއިރު، މިއީ ބޮޑު ބަދަލެއް ގެނައުމުގެ ކުރިމަގެކެވެ. ޔޫރަޕްގެ މުސްލިމުންގެ ދަރިމައިވުމުގެ ނިސްބަތަކީ 2.54 ކަމަށާއި، މިއީ މުސްލިމް އާބާދީގެ ފައިދާއަށް ޑިމޮގްރަފީ ބަދަލުވަމުންދާކަން ހާމަކޮށްދޭ ކަމެއް ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.
ލަފާކުރެވޭ ގޮތުގައި 2085 ވަނަ އަހަރުގެ ނިޔަލަށް ޔޫރަޕްގެ 13 ގައުމެއްގައި މުސްލިމުންގެ އާބާދީ ގިނަވާނެ އެވެ. މި ބަދަލު ހިނގަމުންދަނީ ކުރިން ކްރިސްޓިއަނުން ގިނައިން އުޅޭ ބައްރެއްގައި ކަމަށާއި، ކްރިސްޓިއަނުންގެ ތެރޭގައި ދަރިމައިވުމުގެ ނިސްބަތް ދަށްވުމަކީ ޔޫރަޕްގައި ކްރިސްޓިއަން އާބާދީ ދަށްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް އެދިރާސާގައި ބުނެފައިވެއެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ