- Advertisement -ad image

ޗައިނާގެ ބެއިޖިންއަށް ދިރޭ ފަނީގެ ވާރޭވެހި ގިނަ ބަޔަކަށް ނުތަނަވަސްކަން!

ad image

ގުޅުންހުރި ލިޔުންތައް


ޗައިނާގެ ބެއިޖިންއަށް ދިރޭ ފަނީގެ ވާރޭވެހި ގެއިން ނިކުންނައިރު ކުޑަ ހިފައިގެން ނިކުތުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގިނަ ކާރުތަކެއް ވަނީ ދިރޭ ފަނިން ފޮރުވިފައެވެ.
އަދި ގިނަ ބަޔަކު ލަފާކުރަނީ އުޑުމަތިން އެ ދިރޭ ފަނިތައް ވެއްޓިފައިވާ ކަމަށެވެ. ޗައިނާގެ ބެއިޖިންގައި ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނާ މި ފޫޓޭޖުގައި ޕާކްކޮށްފައި ހުރި ބައެއް ކާރުތައް ފެންނައިރު، އެ ކާރުތައް ފެންނަނީ ދިރޭ ފަނިތަކުން ފޮރުވިފައި ހުރި ގޮތަކަށެވެ.
މިކަމަށް އެކި ފަރާތްތަކުން ތަފާތު ތިއަރީތައް ދަނީ ނެރެމުންނެވެ.
މަދަރ ނޭޗާ ނެޓްވޯކްގެ ސައިންޓިފިކް ޖާނަލް އިން ލަފާކޮށްފައިވާ ގޮތުގައި މި ފަނިތައް ކުޑަ ތޫފާނެއްގެ ސަބަބުން ނުވަތަ ބަހާރު މޫސުމާ ކައިރިވަމުން އަންނަ ވަރަކަށް ތެމިފައިވާ ބިމުން ނިކުމެފައި ހުރެދާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބެއިޖިންގެ ރައްޔިތުން ގެއިން ނުކުންނައިރު ކުޑަ ގެންގުޅެން އިލްތިމާސްކޮށްފައިވާ ކަމަށް އެލް ހެރަލްޑޯގެ ރިޕޯޓުގައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ