- Advertisement -ad image

ދަތުރުމަތީގައި ފަސިންޖަރަކު މަރުވުމުން އިންޑިގޯ ފްލައިޓެއް އެމަރޖެންސީގައި ކަރާޗީއަށް ޖައްސައިފި

ad image

ގުޅުންހުރި ލިޔުންތައް

އިންޑިގޯ އެއާލައިންގެ މަތިންދާބޯޓެއް ޕާކިސްތާނުގެ ކަރާޗީ އެއާޕޯޓަށް ކުއްލި ގޮތަކަށް ޖައްސާފައި ވަނީ އެ ބޯޓުގެ ފަސިންޖަރުންގެ ތެރެއިން އެކަކުގެ ހާލު ގޯސްވެގެންނެވެ.
އެއަރޕޯޓް މެޑިކަލް ޓީމާ ހަވާލާދީ އިންޑިގޯ އެއަލައިނުން ބުނީ ބޯޓު ޖެއްސިއިރުވެސް ނައިޖީރިޔާގެ އެ ދަތުރުވެރިޔާ މަރުވެފައިވާ ކަމަށެވެ.
އިންޑިގޯ އެއާލައިންގެ ފްލައިޓް 6އީ-1736 ގައި ދަތުރުކުރި ފަސިންޖަރުގެ ހާލަތު ފްލައިޓްގެ މެދުތެރެއިން ގޯސްވިއިރު، އޭގެ ފަހުން ބޯޓުގެ ކެޕްޓަން ވަނީ ކަރާޗީ އެއާ ޓްރެފިކް ކޮންޓްރޯލާ ގުޅައިގެން މެޑިކަލް އެމަޖެންސީއާ ގުޅޭ މައުލޫމާތު ހޯދާފަ އެވެ.
ކަރާޗީގައި ހުންނަ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާނަކު ކަށަވަރުކޮށްދިން ގޮތުގައި އިންޑިއާގެ އެއާލައިނެއްގެ ފްލައިޓެއް ދިއްލީން ދުބާއީއަށް ދިޔައީ މަގުމަތީގައި ކަރާޗީއަށް ޖައްސަން ޖެހުނީ ފްލައިޓްގެ މެދުތެރެއިން ފަސިންޖަރެއްގެ ސިއްހީ ހާލަތު ގޯސްވެގެންނެވެ.
އިންޑިގޯ ފްލައިޓުގެ ޕައިލެޓް މެޑިކަލް އެމަޖެންސީއަކާ ގުޅިގެން ކުއްލި ގޮތަކަށް ލޭންޑިން ހުއްދައަށް އެދުނު އިރު، އެ ހުއްދަ ދިނީ ކަރާޗީ އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ