- Advertisement -ad image

ބޯކޮށްވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ތުރުކީން 10 މީހުން މަރުވެ އެތައް ބަޔަކު ހާލުގައި ޖެހިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ތުރުކީގެ އިރުދެކުނު ސަންލިއުރްފާ އާއި އަޑިޔާމަން ޕްރޮވިންސްގައި ބޯކޮށް ވާރޭވެހި ފްލެޝް ފްލަޑްތަކެއް ހިނގައި 10 މީހަކު މަރުވެއްޖެއެވެ.
ތުރުކީގެ އަނަޑޯލޫ ނިއުސް އެޖެންސީން އާއްމުކޮށްފައިވާ ވީޑިއޯތަކުން ފެންނަގޮތުގައި ފެންބޮޑުވުމުގެ ސަބަބުން ކާރުތަކާއި ކުނިކޮޅުތައް ގެންގޮސް ބައެއް އިމާރާތްތަކުގެ ބިންގަރާހާއި ގްރައުންޑް ފްލޯ ފެންބޮޑުވެ، މެދުތެރޭ ސަންލިއުރްފާގެ މަގުތައް ކޯރުތަކަށް ވަނީ ބަދަލުވެފައެވެ.
ގެއްލިގެން ހޯދަމުންދާ މީހުންނާއި އިމާރާތްތަކުގައި ތާށިވެފައި ތިބި މީހުން ހޯދުމާއި ސަލާމަތް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ޑައިވަރުންނާއި ދޯނިފަހަރުން ކަމަށް އެގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އަފާދު) އިން ބުނެއެވެ.
އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ގެއްލުން ލިބުނު އަވަށްތަކަށް އަކަމީޓަރަކަށް 100 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހިފައިވެއެވެ.
ގާތްގަނޑަކަށް 2.7 މިލިއަން މީހުން އެ އަވަށްތަކުގައި ދިރިއުޅެއެވެ.
މިދިޔަ މަހު އައި ބިންހެލުންތަކުގައި ތުރުކީގައި 48،000 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް މިލިއަން ބަޔަކު ގެދޮރު ގެއްލިފައިވާއިރު މި ފެންބޮޑުވުމުގެ ސަބަބުން އަނެއްކާވެސް ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ