މަންމަ މަރާލުމަށްފަހު ކުދިކޮށް ކޮށައި ރައްކާކޮށްގެން އުޅޭތާ ދެމަސްފަހުން އިންޑިއާ އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
އިންޑިއާގެ މުމްބާއީގެ އަވަށެއްގައި ދިރިއުޅެމުން އަންނަ 24 އަހަރުގެ މި އަންހެން މީހާ ފުލުހުން ހައްޔަރު ކުރީ އަންގާރަ ދުވަހުއެވެ.

މުމްބާއީގެ ލާލްބައުގް ސަރަހައްދުން އަންހެނަކު ހައްޔަރުކޮށްފައި ވަނީ އޭނާގެ މަންމަގެ ހަށިގަނޑުގެ ބައިތައް އޭނާގެ ގޭތެރެއިން ފުލުހުންނަށް ފެނުމުންނެވެ. ފުލުހުން ބުނި ގޮތުގައި ތުހުމަތު ކުރެވޭ ރިމްޕްލް ޖޭން (23) ވަނީ އޭނާގެ 55 އަހަރުގެ މަންމަ ވީނާ ޖޭންގެ އަތާއި ފައި ކަނޑައިގެން ފެން ޓޭންކެއްގައި ބަހައްޓާފައި ވާއިރު އޭނާގެ ބޮލުގެ ނާށިގަނޑާއި ބޯ އަލަމާރިއެއްގެ ތެރޭގައި ބަހައްޓާފަ އެވެ.