- Advertisement -ad image

ރަމަޟާން މަހަށް ލަންޑަނުގެ މަގުތައް ދިއްލާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ސެންޓްރަލް ލަންޑަނުގެ އައިކޮނިކް ވެސްޓް އެންޑް ސަރަހައްދުގެ މަގުތައް ރަމަޟާން މަހަށް ހާއްސަކޮށް ފުރަތަމަ ފަހަރަށް ދިއްލާލައިފިއެވެ.
ލަންޑަނުގެ އެންމެ ބިޒީ ދެ މައިދާން – ޕިކާޑިލީ އާއި ލެސްޓާ ސްކުއަރ ގުޅުވާލާ ކޮވެންޓްރީ ސްޓްރީޓްގައި “ހެޕީ ރަމަޟާން” މެސެޖާއެކު ވަނީ، ހަނދުތަކާއި ތަރިތައް ދައްކުވައިދޭ ލައިޓްތަކާއި އާންމުކޮށް މަގުތައް ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ފަނޫސްގެ ނަމުން މަޝްހޫރު ސަގާފީ ފަންކާތަކުން ދިއްލާލައިފައެވެ.

ވެސްޓް އެންޑް އަކީ މިހާރު ވެސް ޝޮޕިން އާއި ފަތުރުވެރިންގެ މަގުބޫލު މަންޒިލެކެވެ. ރަމަޟާން މަހު ގަލްފްގެ މުއްސަނދި ފަތުރުވެރިން އިތުރުވުމަކީ އާދަޔާ ހިލާފު ކަމެއް ނޫން ކަމަށާއި އިނގިރޭސި މީޑިއާތަކުން އެސަރަހައްދު ސިފަކުރަނީ “ރަމަޟާން ރަޝް” ގެ ނަމުންނެވެ.
ލަންޑަނުގައި ވެސް ގިނަ އަދަދެއްގެ މުސްލިމުން އުޅޭއިރު، ލަންޑަންގެ 15 ޕަސެންޓް މީހުން އަމިއްލައަށް މުސްލިމުންގެ ގޮތުގައި ސިފަކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ