- Advertisement -ad image

87 އަހަރުގެ މިމީހާއަށް ލިބޭ ޕެންސަން ފައިސާ ހަރަދު ކުރަނީ ދޫންޏަށް ކާންދޭން!

ad image

ގުޅުންހުރި ލިޔުންތައް


ކްރޮއޭޝިޔާގެ ރައްޔިތެއް ކަމުގައިވާ އިވާން ކަޕާން އަކީ ރިޓަޔަރޑް ސެކިއުރިޓީ ގާރޑެކެވެ. 33 އަހަރު ވަންދެން މީހަކާ އިނދެގެން އުޅުނު ނަމަވެސް 1994 ވަނަ އަހަރު އޭނާގެ އަންހެނުން މަރުވި ފަހުން އިވާން ދިރިއުޅެމުން އަންނަނީ އެކަންޏެވެ. އިވާން އަށް އެއްވެސް ދަރިއަކު ލިބިފައެއް ނުވެއެވެ.
އިވާން ދިރިއުޅެމުން އަންނަނީ ކުރޮއޭޝިއާގެ ކެޕިޓަލް ޒެގުރެބްގައި ހުންނަ 35 ސުކޮޔަރ މީޓަރު ބޭސްމަންޓް އެޕާޓްމަންޓެއްގައެވެ.
އިވާންގެ މި ކުޑަ އެޕާޓްމަންޓްގައި ހޯލްވޭ، ފާހާނާ، ފެންވަރާތަން، ބެޑްރޫމް، ބަދިގެއެއް ހުރެއެވެ. މި އެޕާޓްމަންޓްގެ ފަހަތުގައި ވަރަށް ބައިވަރު ކޮތަރާއި ދެ ބުޅާ އޭނާ ގެންގުޅެއެވެ.
އިވާން އަށް ލިބެނީ (540 ޑޮލަރު) ގެ ޕެންޝަނެކެވެ. އަދި (1،415 ޑޮލަރު) ގެ ސޭވިންގްސް ވެސް އޭނާގެ އަތުގައި އެބަހުއްޓެވެ. މިއީ 1998 ވަނަ އަހަރު ރިޓަޔަރމަންޓް ބޯނަސްގެ ގޮތުގައި އޭނާއަށް ލިބުނު ފައިސާ އެވެ.
މިއަދާ ހަމައަށްވެސް އެ ފައިސާ އޭނާގެ ބޭންކް އެކައުންޓުގައި އެހުރި ގޮތަށް އެބަހުއްޓެވެ. ކްރޮއޭޝިއާގައި 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވްރެޖްކޮށް ޕެންޝަންގެ ގޮތުގައި(376 ޑޮލަރު) ލިބިފައިވާއިރު، އެވްރެޖް މުސާރައަކީ (1،120 ޑޮލަރު) އެވެ.
“ މީގެ ކުރިން މިގޭ ގޯތި ބިއްދޮށުގައި ދެ ކަނހަބުވެސް އޮތް. އެ ދޭތި އަހަރެންގެ ކުޑަދޮރު ކައިރިއަށް އައުމުން އަހަރެން ކާންދިނިން. މިހާރު އެ ދެ ކަނހަބު ގޮސްފި”. އިވާން ބުންޏެވެ.
އެ ދޭތި ދިޔަފަހުން އިވާން ކާންދެމުން އަންނަނީ ގެ ކައިރީގައި އުޅޭ ދޫނިތަކަށާއި ދެ ބުޅަލަށެވެ. އޭނާ ބަނަހެއް ފަޅާލައި ކުދިކޮށް ކޮށާލުމަށްފަހު އެޕާޓްމަންޓްގެ ކުޑަދޮރުން ބޭރަށް އުކާލުމުން ހުރިހާ ދޫނިތަކެއް އެތަނަށް ޖަމާވެ ކާން ފަށައެވެ.
“ ކުޑަ އެތިކޮޅެއް އެމީހުންނަށް. ކުޑަ އެތިކޮޅެއް އަހަންނަށް” އިވާން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ