- Advertisement -ad image

ސައުދީގެ ބައެއް ހިސާބުތަކަށް ހޯމަ ދުވަހުގެ ނިޔަލަށް ބޯކޮށް ވާރޭވެހި، ވެލީގެ ތޫފާނެއްގެ އަސަރު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި

ad image

ގުޅުންހުރި ލިޔުންތައް


ބުރާސްފަތި ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ސައުދީ އަރަބިއްޔާގެ ގިނަ ސަރަހައްދުތަކުގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގެ އިންޒާރު ނޭޝަނަލް ސެންޓަރ އޮފް މީޓިއޮރޮލޮޖީ (އެންސީއެމް) އިން ދީފިއެވެ.
އެގޮތުން ގަޑިއަކު 50 ކިލޯމީޓަރަށް ވުރެ ބާރުމިނުގައި ވެލިގަނޑު ބުރައިގެން ދާއިރު އާދައިގެ ވަރަކަށް ގުގުރުމާއި، އުދައެރުމާއި، ބޯކޮށް ވާރޭވެހުމާއެކު ދުރު ފެންނަ މިންވަރު ވެސް ދަށްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ލަފާކުރާ ގޮތުގައި ބުރާސްފަތި ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް އާސިރު، އަލްބަހާ، ޖަޒާން އަދި ނަޖުރާން ސަރަހައްދުތަކަށް އާދައިގެ ވަރަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، އޭގެ އަސަރު ބުރާސްފަތި ދުވަހު އަލްސުލައިލް އަދި ވާދީ އަލް ދަވާސިރުގެ ސަރަހައްދަށް ކުރާނެ ކަމަށް ބުނެފައިވެއެވެ.
ރިޔާޒް ސަރަހައްދުގެ ގިނަ ގަވަރނަރޭޓްތަކަށާއި މައްކާ ސަރަހައްދުގެ ބައެއް ހިސާބުތަކަށް ހޮނިހިރު އަދި އާދީއްތަ ދުވަހު އާދައިގެ ވަރަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭއިރު، އޭގެ އަސަރު އިރުމަތީ ޕްރޮވިންސްގެ ހައިލް، ޤާސިމް، ރިޔާޟް ސަރަހައްދުގެ ގިނަ ގަވަރނަރޭޓްތަކަށް ކުރާނީ ބުރާސްފަތި އަދި ހުކުރު ދުވަހު ކަމަށްވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އެންސީއެމްއިން ވަނީ ހުރިހާ ފަރާތްތައްވެސް މޫސުމާބެހޭ އިދާރާއިން ދޭ އިރުޝާދުތަކަށް ބަލައި އެގޮތުގެ މަތިން އަމަލު ކުރުމަށް އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ