- Advertisement -ad image

ފަލަސްތީނު ކަޕްގެ ފައިނަލް މެޗެއް ކުޅެމުން ދަނިކޮށް އިޒްރޭލު ސިފައިން ދަނޑަށްވަދެ ކަރުނަގޭސް ޖަހާ ގިނަ ބަޔަކު ޒަހަމްކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް

ކަރުނަ ގޭސް ޖެހުމުގެ ސަބަބުން އެވަގުތު ދަނޑުގައި ތިބި ކުޅުންތެރިންނާއި ކުޑަކުދިން އަދި އެތައް ސަތޭކަ ބަޔަކަށް ނޭވާލާން ދަތިވެ ހާލު ދެރަވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހިފާފައިވާ އިރުމަތީ ގުދުސްގައި ފަލަސްތީނު ކަޕް ފައިނަލް މެޗްގައި އިސްރާއީލު ސިފައިން ކަރުނަ ގޭސް ޖަހައިގެން ފަލަސްތީނުގެ ފުޓްބޯޅަ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ނޭވާހިއްލުން ކުރިމަތިވި ކަމަށް ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ވެސް ބުނެފައިވެއެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު އިސްރާއީލު ސިފައިން ވަނީ އިރުމަތީ ގުދުސްގެ ރަށެއް ކަމަށްވާ އަލް ރާމްގެ ދަހިއަތު އަލް ބާރިދު މަގުގައި ހުންނަ ފައިސަލް އަލް ހުސެއިނީ އިންޓަނޭޝަނަލް ސްޓޭޑިއަމްގެ ތެރެއަށް ކަރުނަ ގޭސް ޖަހައިފަ އެވެ.

ފަލަސްތީނުގެ ބައެއް ފުޓްބޯޅަ ކުޅުންތެރިންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ދިހަވަރަކަށް ސަޕޯޓަރުންނަށް ނޭވާލާން އުދަނގޫވެ، ދަނޑުގައި ފަރުވާ ދިން އިރު، ތިން މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ކަރުނަގޭސް ޖެހިއިރު މި މެޗް ބައްލަވާލުމަށް ފަލަސްތީނުގައި ހުންނަވާ ތުރުކީގެ ޖެނެރަލް ކޮންސުލް އަހުމަދު ރިޒާ ޑެމިރޭރާއި ޕީއެފްއޭގެ ރައީސް ޖިބްރީލް އަލް ރަޖޫބް ވެސް ދަނޑުގައި ތިއްބެވިއެވެ.

ޕީއެފްއޭ އިން ބުނީ މި ހަމަލާ ހިނގާފައިވަނީ ނަބްލޫސްގެ ކްލަބެއް ކަމަށްވާ މާކާޒް ބަލާޓާ އާއި ގުދުސްގެ ޖަބަލް އަލް މުކާބަރު ބައްދަލުކުރި މެޗުގެ ހާފް ޓައިމް ބްރޭކުގައި ކަމަށެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ