- Advertisement -ad image

ރަމަޟާންމަހުގެ ފުރަތަމަ ދިހައެއްގައި 10 މިލިއަން މީހުން މަސްޖިދުލް ނަބަވީ އަށް ޒިޔާރަތްކުރި!

ad image

ގުޅުންހުރި ލިޔުންތައް

ރަމަޟާން މަހުގެ ފުރަތަމަ 10 ނިމިގެން ދިޔައިރު 10 މިލިއަނަށްވުރެ ގިނަ މީހުން މަސްޖިދުލް ނަބަވީއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އަދި މި ދުވަސްވަރުގައި މަސްޖިދުލް ހަރަމްގެ ކަރަންޓް ސިޑި އާއި ލިފްޓް އެއް ގަޑިއިރު ތެރޭ ދެލައްކައަށްވުރެ ގިނަ މީހުން ބޭނުންކުރާ ކަމަށްވެސް ސައުދީގެ ނޫސްތަކުން ބުނެފައިވެއެވެ. ނިމިގެންދިޔަ ހުކުރު ދުވަހު ވެސް 1.2 މިލިއަން މީހުން ވަނީ މަސްޖިދުލް ނަބަވީގައި ހުކުރު ނަމާދުކޮށްފައެވެ.
މަސްޖިދުލް ހަރަމަށް ޒިޔާރަތް ކުރާ މީހުން ދުވާލަކު ކިތައް ލީޓަރު ޒަމްޒަމް ފެން ދޫކުރާކަން އެނގޭތަ!
ރަމަޟާން މަސް ފެށިގެން ކުރިއަށްދާއިރު ގިނަ އަދަދެއްގެ މުސްލިމުން ކޮންމެ ދުވަހަކުވެސް މައްކާގައި ހުންނަ މަސްޖިދުލް ހަރަމަށް ޒިޔާރަތް ކުރެއެވެ.
އުމްރާ ކުރުމުގެ މަގުސަދުގައާއި ތަރާވީހު ނަމާދުގެ އިތުރުން ރަމަޟާން މަހުގެ ރޭ އަޅުކަންތައް މި މާތްބިމުގައި އަދާކުރުމަށް ކޮންމެ އަހަރަކުވެސް މި މައްސަރުގައި އެތައް ބަޔަކު މިމާތް ބިމަށް ޒިޔާރަތް ކުރެއެވެ.
މައްކާއަށް ޒިޔާރަތް ކުރާ އެހެން ގައުމުތަކުގެ މީހުން އަމިއްލަ ގައުމަށް އެނބުރި ދާއިރު ގެންދަން އެންމެ ބޭނުންވާ އެކައްޗަކީ ޒަމްޒަމް ފެނެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދުވަސްވަރު ދުވާލެއްގެ މައްޗަށް 1 މިލިއަން ލީޓަރަށްވުރެ ގިނައިން ޒަމްޒަމް ފެން މަސްޖިދުލް ހަރަމަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ