- Advertisement -ad image

ކައިވެނީގެ ހަދިޔާއަކަށް ކުރީގެ ލޯބިވެރިޔާ ދިނީ ބޮމެއް!

ad image

ގުޅުންހުރި ލިޔުންތައް


ކައިވެނީގެ ހަދިޔާއެއް ކަމަށް ބުނެ ކުރީގެ ލޯބިވެރިޔާގެ ގޭގެ ސިޓިންރޫމްގައި ބޮމެއް ހަރުކޮށް ދެ މީހުން މަރާލައިފިއެވެ.
އިންޑިއާގެ ޗައްޓީސްގަރުގެ ކަބިރުދަމް ޑިސްޓްރިކްޓްގައި ގޭގެ ތިއޭޓަރުގައި ކައިވެނީގެ ހަދިޔާއެއް ކަމަށް ބުނެ ބޮމެއް ގޮއްވާލައިގެން ފިރިމީހާއާއި އޭނާގެ ބޭބެ މަރުވިތާ އެއް ދުވަސް ފަހުން ފުލުހުން ވަނީ އަންހެންމީހާގެ ކުރީގެ ލޯބިވެރިޔާ ހައްޔަރުކޮށްފަ އެވެ.
މި ހާދިސާގައި ދޮޅު އަހަރުގެ ކުއްޖެއްގެ އިތުރުން އާއިލާގެ ހަތް މީހަކަށް އެކިވަރުގެ އަނިޔާވެފައިވެއެވެ.

ފުލުހުން ބުނީ ކަބިރުދަމް ހޯމް ތިއޭޓަރުގައި ބޮން ގޮއްވާލި ކަމަށް ޝައްކު ކުރެވޭ މީހާއަކީ ކައިވެނިކޮށްގެން ދެ ކުދިން ތިބި އުމުރުން 33 އަހަރުގެ ސަރްޖޫ މާކަމް ކަމަށެވެ. އޭނާ ހިފަހައްޓާފައި ވަނީ އަންގާރަ ދުވަހު ގާތްގަނޑަކަށް 100 ކިލޯމީޓަރު ދުރުގައި އޮންނަ އެމްޕީގެ ބާލަގަތުންނެވެ.
ޖެނުއަރީ 2018 ގައި ވަޒީފާއިން ވަކިކުރި ޕޯސްޓް މުވައްޒަފަކު އެމްޕީގެ ސާގަރުގައި ވަކި އަމާޒެއްނެތި ދިން ބޮމުގެ ހަމަލާއެއްގައި ބަޔަކު މަރުވިއިރު، ހަމަ އެއަހަރު އޮޑިޝާގެ ޕަޓްނަގަރުގައި ފިރިމީހާ އާއި އޭނާގެ ކާފަ މަރުވީ ޕާރުސަލް ކޮށްފައި އޮތް ބޮމެއް ގޮވައިގެންނެވެ. މި މައްސަލައިގައި ކުރީގެ ކޮލެޖް ޕްރިންސިޕަލަކު ހައްޔަރުކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ