- Advertisement -ad image

އިންޑޮނީޝިއާގެ ސުމަޓްރާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ، ސުނާމީގެ އިންޒާރުވެސް ވަނީ ނެރެފައި

ad image

ގުޅުންހުރި ލިޔުންތައް


އިންޑޮނީޝިއާގެ ސުމަޓްރާއަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ކަމާބެހޭ ފަރާތްތަކުންދީފިއެވެ.
މި ބިންހެލުން އައިސްފައިވަނީ މެގުނިޓިއުޑް 7.3 ގެ ބާރުމިނުގައެވެ.
އިންޑޮނޭޝިއާގެ ޑިޒާސްޓާ މިޓިގޭޝަން އެޖެންސީން ބުނީ ސުމަޓްރާގެ ހުޅަނގު އައްސޭރީގައިވާ ބިންހެލުމުގެ އަސަރުކުރި ހިސާބުގައި ހުރި މަރުކަޒާ އެންމެ ކައިރީގައިވާ އަވަށްތަކުގެ ޑޭޓާ އެއްކުރަމުންދާ ކަމަށެވެ.
ހުޅަނގު ސުމަޓްރާގެ ވެރިރަށް ޕަޑަންގްގައި ބިންހެލުން ވަރަށް ބޮޑަށް އިހުސާސް ކުރެވި، ބައެއް މީހުން ގޮނޑުދޮށްތަކާ ދުރަށް ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

ލޯކަލް ނިއުސް ފޫޓޭޖުން ފެންނަ ގޮތުގައި ޕަޑަންގްގެ ބައެއް ރައްޔިތުން މޮޓޯސައިކަލާއި ފައިމަގުގައި އުސް ބިންތަކަށް ނިކުމެގެންދާތަން ފެނެއެވެ. އަދި އެއްބަޔަކު ބެކްޕެކް ހިފައިގެން ދިޔައިރު އަނެއް ބަޔަކު ވާރޭގެ ތެރޭގައި ކުޑަތަކުގެ ދަށުގައި އެއްކޮށް ޖަމާވެފައި ތިއްބެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ