- Advertisement -ad image

ހޫނުގަދަވެ އިންޑިއާގެ ގުޖުރާތުގެ ބައެއް މަގުތަކުގެ ތާރުތައް ވިރެން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


އާދަޔާހިލާފަށް ހޫނުގަދަވެ އިންޑިއާގެ ގުޖުރާތު އަވަށުގެ ބައެއް މަގުތަކުގެ ތާރުގަނޑު ވިރެން ފަށައިފިއެވެ.
ތާރުގަނޑު ވިރިގެން ވެހިކަލްތައް ނުދުއްވި މަޑުޖެހިފައިވާ ތަނުގެ އިތުރުން ބައެއް މީހުންގެ ފައިވާން ތާރުގަނޑުގައި ތަތްލަވާފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.

ހަބަރުތައް ބުނާގޮތުގައި ހޫނުގެ ސަބަބުން ތާރުގަނޑު ވިރެން ފަށާފައިވަނީ އަލަށް ހަދާ ނިމުނު މަގުތަކެއްގައެވެ. އެގޮތުން ވަޑަޑާރާސްގެ އަސާޕަލަޓް މަގުގެ ތާރުގަނޑު ވިރުނީ ހޫނުމިން 40 ޑިގުރީން މައްޗަށް އެރުމުންނެވެ.

މިއަވަށުގެ ރައްޔިތުން ދަނީ މަގު ހަދާފައިވާ ފެންވަރާމެދު ސުވާލު އުފައްދަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ