އެކިމީހުންގެ ދިރިއުޅުމުގައި ބުރަ މަސައްކަތްކޮށް ފައިސާ އެއްކުރަނީ އެކި ހުވަފެންތަކުގައި ކުލަޖައްސާށެވެ.
ޕާކިސްތާނުގެ އުމުރު ދުވަސްވީ މިމީހާ އޭނާގެ އަވަށުގެ މީހުންގެ ބަކަރިތައް ގެންގުޅެ އޭގެ ބަލަހައްޓައިދޭތާ 15 އަހަރުވެގެންދިޔައީއެވެ. އޭނާ ބުނާ ގޮތުގައި ހުއްޓާނުލާ 15 އަހަރުވަންދެން މިމަސައްކަތް ކުރީ އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިއުމުގެ މާތް މަގުސަދުގައެވެ.
އޭނާގެ ފަސް ނުޖެހޭ އަޒުމުގެ ނަތީޖާ އަކީ އެންމެ ފަހުން ބަރަކާތްތެރި އުމްރާ ދަތުރުގެ ފައިސާ ހަމަވުމެވެ.
މިމީހާ މިހާރު ވަނީ އުމްރާކޮށްފައެވެ. މިމީހާގެ މި ބުރަ މަސައްކަތާއި ކަމަކަށް އެދިގެން ކުރި ފޮނި އުއްމީދަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިގެން ގޮސްފައެވެ.
