- Advertisement -ad image

މައްކާ ހޮޓަލެއްގައި ރޯވެ 8 އުމްރާވެރިން ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ސައުދި އަރަބިއްޔާގެ މައްކާގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ޕާކިސްތާނުގެ އަށް އުމްރާވެރިން ނިޔާވެއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން އަލިފާނުގެ މި ހާދިސާގައި ހަ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މައްކާގެ އިބްރާހިމް ޚަލީލް މަގުގައި ހުންނަ ހޮޓަލެއްގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފުރަތަަމަ އަލިފާން ރޯވެފައި ވަނީ ހޮޓަލުގެ ތިން ވަނަ ފަންގިފިލާގެ ކޮޓަރިއެއްގައެވެ. އެތަނުގައި އަލިފާން ރޯވާން މެދުވެރިވީ ކަރަންޓް ޝޯޓެއް ވެގެންނެވެ. އެ ކޮޓަރީގައި ރޯވެ އެހެން ކޮޓަރިތަކަށް އަލިފާންގަނޑު ފެތުރުނީއެވެ.
އަލިފާނުގެ ހާދިސާ ހިނގިއިރު އެ ހޮޓަލުގައި ޕާކިސްތާނުގެ އިތުރުން ބަންގްލަދޭޝް އަދި ބައެއް އެހެން ގައުމުތަކުގެ އުމްރާވެރިންވެސް ތިއްބެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ