test
- Advertisement -ad image

ޗައިނާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ވަޅުލެވިފައިވާ އެތައް ބަޔަކު ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް

ޔުނާންގެ ހުޅަނގު ދެކުނުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ވަޅުލެވިފައިވާ އެތައް ބަޔަކު ހޯދުމުގެ މަސައްކަތް ޗައިނާގެ ރެސްކިއު ވޯކަރުން ފަށައިފިއެވެ.

ގިނަ ބަޔަކު ނިދާފައި ތިއްބައި ފަރުބަދަމަތީ ޒެންގްޒިއޮންގް ކައުންޓީގެ ދެ އަވަށެއްގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 18 ގެއަކާއި 47 މީހުން ވަނީ ވަޅުލައިފަ އެވެ.

މިހާތަނަށް ނުވަ މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށާއި ދެ މީހަކު ކުނިކޮށިން ނަގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ބުނެއެވެ.

މި ހާދިސާ އާއި ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ “އޯލް އައުޓް” ރެސްކިއު މަސައްކަތްތަކަށް އަންގަވާފަ އެވެ.

ފިނި މޫސުމުގައި ސްނޯއިން ފޮރުވިފައިވާ ބޮޑެތި ފަރުބަދަތަކުގެ ސަބަބުން މަޝްހޫރު ވެފައިވާ މި ސަރަހައްދަށް ސިފައިންހިމެނޭ ގޮތަށް އެތައް ސަތޭކަ ރެސްކިއު ވޯކަރުން ވަނީ ފޮނުވާފައެވެ. ހާލުގައި ޖެހުނު ދެ އަވަށަކީ ފަރުބަދަތަކުގެ ތިރީގައި ހަދާފައިވާ ދެ އަވަށެއް ކަމަށެކެވެ. އަދި ކާރިސާއަށް ފަހު 500 އަށް ވުރެ ގިނަ މީހުން ވަނީ އެތަނުން ހުސްކޮށްފަ އެވެ.

ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނިގޮތުގައި ޔުނާން އަކީ ޗައިނާގެ ބައެއް ޕްރޮވިންސްތަކުގެ ތެރޭގައި މިވަގުތު ވަރަށް ބޮޑަށް ފިނިގަދަ  ޕްރޮވިންސެވެ.

ގިނަ ފަހަރަށް ވާރޭވެހުމުގެ ސަބަބުން ނުވަތަ ނުރައްކާތެރި އިމާރާތް ކުރުމުގެ މަސައްކަތުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމަކީ ޗައިނާގައި ވަރަށް ގިނައިން ދިމާވާ ކަމެކެވެ.

މިދިޔަ އަހަރު ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 70 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި އިނަރ މޮންގޯލިއާ ސަރަހައްދުގެ އޯޕަން ޕިޓް މައިންއެއްގައި މަސައްކަތްކުރި 50 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ