- Advertisement -ad image

ފިރިހެނަކު 4 ބޭބެއިން ލައްވާ އަނބިމީހާ ރޭޕްކޮށް މަރާލައިފި

ad image

ގުޅުންހުރި ލިޔުންތައް

އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގެ ފަތޭހްޕޫރުގައި އަންހެނަކު ގޭންގް ރޭޕްކޮށް މަރާލި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ ހަތަރު މީހުންނަކީ އަންހެން މީހާގެ ފިރިމީހާގެ އެއްބަނޑު އެއްބަފާ ބޭބެއިން ކަމަށާއި އެ މީހުން ހައްޔަރުކުރީ އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފުލުހުން ވަނީ މި ހުރިހާ ކަމެއް ރޭވި އަންހެން މީހާގެ ފިރިމީހާ ކަމަށާއި، އޭނާ މިވަގުތު ހުރީ ދުބާއީގައި ކަމަށް ބުނެފަ އެވެ.

މި މައްސަލަ ފެންމަތިވީ މިމަހުގެ 20 ވަނަ ދުވަހު ހަދަމުން ދިޔަ އިމާރާތެއްގައި ހުރި ފެން ޓޭންކެއްގެ ތެރޭގައި ބަރަހަނާ ހާލުގައި މަރާލާފައި އޮތްއަންހެނެއްގެ ހަށިގަނޑު ފެނިގެން އާންމުން ރިޕޯޓް ކުރުމުންނެވެ.

ފުލުހުން ބުނީ އެސަރަހައްދަށް ދިޔައިރު އަންހެން މީހާ މަރާލާފައި އޮތްތަނން ލުއި ބުއިންތަކާއި ބައެއް ކެއުންބުއިމުގެ ބާވަތްތައް ވެސް ފެނިފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންނަކީ ރޯހިތު ލޯދީ، ރާމްޗަންދްރާ ނުވަތަ ޕުއްޓޫ، ޝިވަމް ނުވަތަ ޕަންޗަމް އަދި ސޯނޫ ލޯދީ އެވެ. މި މައްސަލައިގެ ފަސް ވަނަ ދައުވާ ލިބޭ މީހަކީ ދުބާއީގައި ފިލައިގެން އުޅޭ އަންހެން މީހާގެ ފިރިމީހާގެ ނަންކޫ ލޯދީ އެވެ.

އެ މީހުންނާއި ސުވާލު ކުރުމުން އޭނާ ބުނީ މައިންބަފައިންގެ ގެއަށް ދިޔަ އަންހެން މީހާ ރޭޕްކުރީ ފެއާއަކަށް ގެންގޮސްދޭނެ ކަމަށް ބުނެ ކަމަށެވެ. އޭގެ ފަހުން އެ މީހުން ވަނީ އޭނާގެ އައިޑެންޓިޓީ ސިއްރު ކުރުމުގެ ގޮތުން އަންހެން މީހާގެ އިނގިލތައް ބުރިކޮށްލާފަ އެވެ.

އަދި މުޅި އެޕިސޯޑަކީ އެމީހުންގެ ކޮއްކޮ (އަންހެން މީހާގެ ފިރިމީހާ) ރާވައިގެން ކުރިއަށް ގެންދިޔަ އެޕިސޯޑެއް ކަމަށާއި، އޭނާ ވަނީ އެ މީހުންނަށް ފައިސާ ވެސް ހުށަހަޅައިފައި ކަމަށް ބުނެފަ އެވެ.

އަންހެން މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމުން ގޭންގް ރޭޕް ކުރިކަން ވަނީ ކަށަވަރުވެފަ އެވެ. އަދި އަންހެން މީހާ މަރުވެފައިވަނީ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބި، މާ ގިނައިން ލޭ އައުމުގެ ސަބަބުން ކަން ވެސް އެ ރިޕޯޓުން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވާކަމަށް އިންޑިޔާ ޓުޑޭގައި ރިޕޯޓްކޮށްފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ