Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

އިސްރާއީލުގެ މުޒާހަރާގެ ބައިވެރިން، ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅައިފި

ad image

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ މުޒާހަރާ ކުރަމުންދާ މީހުން އިންސާނީ އެހީގެ ޓްރަކްތައް ޣައްޒާއަށް ވަނުމަށް ހުރަސް އަޅައިފި އެވެ.

މި މުޒާހަރާގެ ބައިވެރިން ދަނީ ޣައްޒާގައި ތިބި އިޒްރޭލްގެ އެންމެން ދޫކޮށްލަންދެން ޣައްޒާއަށް އެއްވެސް އެހީއެއް ނުދިނުމަށް ގޮވާލަމުންނެވެ.

މުޒާހަރާ ފަށާފައި މިވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް ދޭ އެހީ ޓްރަކްތައް “މެދުކެނޑުމެއް ނެތި” ވަނުމުގެ ފުރުސަތު ދިނުމަށް އެމެރިކާއިން ގޮވާލާފައި ވަނިކޮށެވެ.

އިޒްރޭލާއި ޣައްޒާއާ ދެމެދު އޮންނަ ކެރެމް ޝަލޯމް ބޯޑަރު ކައިރީގައި ޖެހިޖެހިގެން ތިން ވަނަ ދުވަހު މުޒާހަރާގެ ބައިވެރިން ވަނީ އިންސާނީ އެހީތައް އެންކްލޭވްއަށް ވަނުމަށް ހުރަސް އަޅާފަ އެވެ.

ހަމާސް ޖަމާއަތުގެ ބާރުގެ ދަށުގައި ބާކީ ތިބި މީހުން މިނިވަން ކުރެވެންދެން އެހީގެ ސާމާނު ދިނުން ހުއްޓާލުމަށް މުޒާހަރާގެ ބައިވެރިން އިޒްރޭލްގެ ސަރުކާރަށް ގޮވާލުމުން، އެހީގެ ސާމާނު ހިފައިގެން ދިޔަ ޓްރަކްތަކުގެ ކިޔޫ، ކްރޮސިންގައި އެތައް ގަޑިއިރެއް ވަންދެން ތިއްބެވެ.

އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ބުނީ މުޒާހަރާގެ ފުރަތަމަ ދުވަހު ކެރެމް ޝަލޮމް ކައިރިން ހުރަސް ކުރެވުނީ އެންމެ ނުވަ ޓްރަކަށް ކަމަށާއި، 114 ޓްރަކެއް މިސްރުގެ ރަފާ ކްރޮސިންއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އދ. އިން ބުނީ ބުދަ ދުވަހު ޣައްޒާއަށް ވަދެފައިވަނީ އެންމެ 153 ޓްރަކް ކަމަށާއި މިއީ ފާއިތުވި ހަފުތާތަކުގައި ޣައްޒާއަށް ވަދެވުނު މިންވަރަށްވުރެ ވަރަށް ދަށް އަދަދެއް ކަމަށެވެ.

ޣައްޒާއަށް އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާއީލު ސަރުކާރަށް ބައިނަލްއަޤްވާމީ ޕްރެޝަރު ތައް އިތުރުވަމުންދާއިރު، ހާލުގައި ޖެހިފައި ތިބި ރައްޔިތުން މިނިވަންކުރުމަށް އެތެރޭގެ ބޮޑެތި ޕްރެޝަރުތައް ދަނީ ކުރިމަތިވަމުންނެވެ.

އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް މީހުންނަކީ ފަލަސްތީނުގައި ހާލުގަި ޖެހިފައި މީހުންނާ ގުޅުން ހުރި ބައެއް ނަމަވެސް އަނެއް ބައި މީހުންނަކީ މިހާރު ޣައްޒާގައި ހަރަކާތްތެރިވާ އައިޑީއެފް ސިފައިންގެ މައިންބަފައިން ކަމަށާއި ދެން ތިބި މީހުން ތަމްސީލު ކުރަނީ ޔަހޫދީ އާބާދީތައް ޣައްޒާއަށް އަނބުރާ ގެންދިއުމަށް ހިތްވަރުދޭ ކަނާތު ފިޔައިގެ އެކްޓިވިސްޓުން ކަމަށެވެ.

މި މުޒާހަރާ ކުރިއަށް ގެންގޮސްފައި މިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އިޒްރޭލާއި އެމެރިކާގެ އޮފިޝަލުން ޔޫރަޕްގައި ތިބި ގަތަރާއި މިސްރުގެ މެދުވެރިންނާ އެކު “ކްރިޓިކަލް” މަޝްވަރާތައް ބާއްވާނެ ކަމުގެ ޔަގީންކަން ނެތް ހަބަރުތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.

ޣައްޒާއަށް އިޒްރޭލުން އަދިވެސް ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ވަނީ ރޭގަނޑުގެ ވަގުތުތަކުގައި ޚާން ޔުނިސްގެ ވަށައިގެންވާ ހިސާބުތަކަށް ގިނަ ހަމަލާތައް ދީފަ އެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގައި 183 މީހުން މަރުވެ، ގާތްގަނޑަކަށް 400 އެއްހާ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އިސްރާއީލުން ދިން ހަމަލާތަކުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާގައި ފަލަސްތީނުގެ 26،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ