އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާތަކަށް އިޒްރޭލުން ބަދަލު ހިފަން ފެށި ފަހުން ޣައްޒާގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އިމާރާތްތަކަށް ގެއްލުން ނުވަތަ ހަލާކުވެފައިވާ ކަމަށް ބީބީސީއިން ހެދި އާ އެނަލިސިސްތަކުން ދައްކައިފި އެވެ.
ޑިސެމްބަރު މަސް ފެށުނީއްސުރެ ޣައްޒާގެ ދެކުނުގެ އަދި މެދުތެރެއަށް ބޮމުގެ ހަމަލާތައް ވަރުގަދަވެ، އިސްރާއީލުގެ އަސްކަރީ ފިޔަވަޅުތަކުގެ ބޮޑު ގެއްލުމެއް ލިބެނީ ޚާން ޔޫނުސް ސިޓީއަށެވެ.
ޣައްޒާގެ އެކި ހިސާބުތަކުގައި މީހުން ދިރިއުޅޭ ސަރަހައްދުތައް ހަލާކުވެ، ކުރިން ބިޒީ ޝޮޕިން މަގުތައް ހަލާކުވެ، ޔުނިވާސިޓީތަކާއި، ދަނޑުބިންތައް ސުންނާފަތިވެ، ދެކުނު ބޯޑަރު ސަރަހައްދުގައި ޓެންޓް ސިޓީތައް އުފެދި އެތައް ހާސް ބަޔަކު ގެދޮރު ގެއްލިފައި އެބަހުއްޓެވެ.
ޣައްޒާގެ އާބާދީގެ 80 އިންސައްތައަށްވުރެ ގިނަ މީހުން ހިމެނޭގޮތަށް ގާތްގަނޑަކަށް 1.7 މިލިއަން މީހުން ގެދޮރު ގެއްލިފައިވާއިރު، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ވަނީ ޣައްޒާގެ ދުރު ދެކުނު ކޮޅުގައި ކަމަށް އދ. ގެ ރެފިއުޖީ ކޭމްޕްތަކަށް ހިޖުރަކޮށްފަ އެވެ.
ބީބީސީގ ސެޓެލައިޓް ޑޭޓާ އެނަލިސިސް އިން ދައްކާގޮތުގައި ޣައްޒާގެ 144،000 އާއި 175،000 އާ ދެމެދުގެ އަދަދަކަށް އިމާރާތްވަނީ ސުންނާފަތިވެފަ އެވެ. އެއީ ޣައްޒާގެ އިމާރާތްތަކުގެ 50 އިންސައްތައާއި 61 އިންސައްތައާ ދެމެދުގެ އަދަދެކެވެ.
ނިއުޔޯކްގެ ސިޓީ ޔުނިވާސިޓީގެ ކޯރީ ޝެރާއި އޮރެގަން ސްޓޭޓް ޔުނިވާސިޓީގެ ޖެމޮން ވެން ޑެން ހޯކް ގުޅިގެން ހެދި މި އެނަލިސިސްގައި ފޮޓޯތައް އަޅާކިޔާއިރު، އިމާރާތްތަކުގެ އުސްމިނަށް ނުވަތަ އޮނިގަނޑަށް ކުއްލިއަކަށް އަންނަ ބަދަލުތަކުން ގެއްލުން ތައް އަންގައިދެ އެވެ.