Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

ޣައްޒާއަށް ދޭ އެހީގެ “މައިބަދަ” އަކީ އދ. ގެ ރެފިއުޖީ އެޖެންސީ – އދ

ad image

ގުޅުންހުރި ލިޔުންތައް

އދ.ގެ ފަލަސްތީނުގެ ރެފިއުޖީ އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އަކީ ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައިބަދަކަމަށް ސިފަކުރައްވައި، ޔޫއެންއާރްޑަބްލިއުއޭ އާއެކު ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހުރިހާ ގައުމަކަށް ވެސް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އިލްތިމާސް ކުރައްވައިފި އެވެ.

ފަލަސްތީނަށް އެންމެ ގިނަ އެހީ ފޯރުކޮށްދޭ އެޖެންސީކަމަށްވާ ޔޫއެންއާރްޑަބްލިއުއޭއަށް އެހީ ދޭ އެމެރިކާ ފަދަ ގިނަ ގައުމުތަކަކުން ފަންޑު ކުރުން ހުއްޓާލީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާގައި އެ އެޖެންސީގެ ބައެއް މުވައްޒަފުން ބައިވެރިވާ ކަމަށް އިޒްރޭލުން ތުހުމަތު ކުރުމާ ގުޅިގެންނެވެ.

އދ.ގެ ކޮމެޓީ “އޮން ދަ އެކްސަސައިޒް އޮފް ދަ އިންލިއެންބަލް ރައިޓްސް އޮފް ދަ ފަލަސްތީން ޕީޕަލްސް (ސީއީއައިއާރްޕީޕީ)” ގައި ބުދަ ދުވަހު ވާހަކަ ދައްކަވަމުން ގުޓެރޭޒް ވިދާޅުވީ ޔޫއެންއާރްޑަބްލިއުއޭގެ މުވައްޒަފުންގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން އަމިއްލަ އަށް ވެސް ހުރީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، ނަމަވެސް ވަޒީފާއިން ވަކިކުރުމުން އަރައިގަންނަން ޖެހޭ ކަމަށެވެ.

“އިއްޔެ އަޅުގަނޑު އެހީދޭ ފަރާތްތަކާ ބައްދަލުކޮށް އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހައި، އެކަންކަން ހައްލުކުރުމަށް އަޅުގަނޑުމެން އަޅަމުން ގެންދާ ފިޔަވަޅުތައް ކުރިއަށް އޮތްތަނުގައި ބަޔާންކުރަމުން ގެންދަނަށް،” އޭނާ ވިދާޅުވި އެވެ.

“އެއްވެސް އަސާސީ އެހީތެރިކަމެއް ނެތި ދިރިއުޅެން މަސައްކަތް ކުރާތީ، ޣައްޒާގެ 2.2 މިލިއަން ރައްޔިތުންނަށް ދިމާވެފައިވާ ލާއިންސާނީ ހާލަތާ މެދު އަޅުގަނޑު ވަރަށް ކަންބޮޑުވޭ”

ވަށާލާފައިވާ އެންކްލޭވްގެ އެތެރޭގެ ހާލަތު ސިފަކުރައްވަމުން އދ.ގެ ޗީފް ވިދާޅުވީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވަގުތީ ޓެންޓް ކޭމްޕްތަކުގައި ފެންބޮޑުވެ، ކުޑަކުދިންނާއި މައިންބަފައިންނާއި އުމުރުން ދުވަސްވީ މީހުންނަށް ޗަކަތަކުގެ ތެރޭގައި ނިދަން މަޖުބޫރުވާ ކަމަށެވެ. ސާފު ފެނަކީ ގާތްގަނޑަކަށް މުޅިން ނުލިބޭ ފެނަކަށް ވެފައިވާއިރު، ރައްކާތެރިވާން ދަތި ބަލިތައް ފެތުރެމުންދާކަމަށާއި، ސިއްހީ ނިޒާމު ފުނޑުފުނޑުވެފައި ވާކަމަށް ވިދާޅުވެފައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ޣައްޒާގައި ބޮޑު ކާރިސާއެއް ހިނގައިފާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޑިރެކްޓަރު މައިކަލް ރަޔަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ޣައްޒާ، މިއީ ބަނޑުހައިހޫނުކަމުގައި މަރުވާ އާބާދީއެއް ކަމަށެވެ.

ޔޫއެންއާރްޑަބްލިއުއޭގެ ސްޓާފުންނަށް ކުރާ ތުހުމަތުތައް އާންމުވީ މިދިޔަ ހުކުރު ދުވަހު އިޒްރޭލުން މައުލޫމާތު ދިނުމުން ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރިކަން އެ އެޖެންސީން އިއުލާން ކުރުމުންނެވެ. ގުޓެރޭޒް އާދީއްތަ ދުވަހު ވިދާޅުވީ، މި މައްސަލާގައި ހިމެނޭ 12 މީހުންގެ ތެރެއިން ނުވަ މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި އެކަކު މަރުވެފައިވާ ކަމަށާއި ބާކީ ތިބި ދެ މީހުންގެ ވަނަވަރު ސާފު ކުރަމުން އަންނަ ކަމަށެވެ.

އިޒްރޭލުގެ ހަ ސަފުހާގެ ޑޮސިއާއެއްގައި ބުނެފައި ވަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާތަކުގައި ޔޫއެންއާރްޑަބްލިއުއޭގެ 12 މުވައްޒަފަކު ބައިވެރިވި ކަމަށާއި އެ ހަމަލާގައި 1،139 މީހުން މަރުވެފައިވާ ކަމަށެވެ. މީގެ އިތުރުން ޔޫއެންއާރްޑަބްލިއުއޭއިން ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުގެ 190 ހަނގުރާމަވެރިން ވަޒީފާގައި ބަހައްޓާފައިވާ ކަމުގެ ފުޅާ ހެއްކެއް އިޒްރޭލަށް ލިބިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

އޭގެ ފަހުން ބުދަ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޔޫއެންއާރުޑަބްލިއުއޭ އަކީ ހަމާސް ޖަމާއަތުގެ ތެރެއަށް ވަދެފައިވާ ޖަމާއަތެއް ކަމަށާއި، އެ ޖަމާއަތް އުވާލުމަށް ގޮވާލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ