- Advertisement -ad image

ޕާކިސްތާނުގެ މަޖިލިސް އިންތިޚާބަށް ވާދަކުރާ ކެނޑިޑޭޓެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގެ މަޖިލިސް އިންތިޚާބު ފެށުމުގެ ހަފުތާއެއްހާ ދުވަސް ކުރިން ހަމަނުޖެހުންތައް އިތުރުވެފައިވާ މި ދަނޑިވަޅެއްގައި ކެމްޕެއިން ކުރަމުން ދިޔަ ޕާކިސްތާނުގެ އިންތިޚާބީ ކެނޑިޑޭޓަކު ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.

ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީއާ ގުޅިފައިވާ އަމިއްލަ ކެންޑިޑޭޓެއް ކަމަށްވާ ރެހާން ޒޭބް ޚާންގެ މަރުވެފައިވަނީ ބުދަ ދުވަހު ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ބަޖާއުރްގެ މާރުކޭޓެއްގައި ހަތިޔާރު އެޅި ބަޔަކު އޭނާގެ ކާރަށް ބަޑި ޖެހުމުން ކަމަށް ޑިސްޓްރިކްޓް ފުލުހުން ވަނީ ނިޔާވެފަ އެވެ. މި ހަމަލާގައި އިތުރު ތިން މީހަކަށް ވަނީ އަނިޔާވެފަ އެވެ.

އެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް ޚުރާސާން ނުވަތަ އައިއެސްއައިއެސް-ކޭ އިން ފަހުން ވަނީ އުފުލާފަ އެވެ.

ރޮއިޓާސް އިން ބުނި ގޮތުގައި މިއީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންޝަލް އެސެމްބްލީއަށް އަމިއްލަ ގޮތުން ވާދަކުރައްވާ މަލިކް ކަލީމް الله ދޮރުން ދޮރަށް ގޮސް ކެމްޕެއިން ކުރަނިކޮށް ބަޑިޖަހައި މަރާލި ފަހުން ފާއިތުވި ހަފުތާތަކުގައި ކެނޑިޑޭޓަކު މަރާލި ދެވަނަ ފަހަރެވެ.

ބުދަ ދުވަހު ހިނގި ބަޑީގެ ހަމަލާއަކީ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބާ ދިމާކޮށް ދެކުނު އޭޝިއާގެ އެކި ކަންކޮޅުތަކުގައި ސިޔާސީ ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަލާއެވެ.

މީގެ އިތުރުން މިދިޔަ ބުދަ ދުވަހު ޕާކިސްތާނުގެ ޕީޕަލްސް ޕާޓީ އާއި ޕާކިސްތާން މުސްލިމް ލީގުގެ އިންތިހާބީ އޮފީހަށް ނިސްބަތްވާ ބައެއް ކެންޑިޑޭޓުންގެ ގެތަކަށާއި އޮފީސްތަކަށް ބަލޫޗިސްތާން ޕްރޮވިންސްގައި ހަމަލާދީ 15 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ހޯމް އެންޑް ޓްރައިބަލް އެފެއާޒް ބަލަހައްޓާ ވަޒީރު ބަލޫޗިސްތާން ޒުބައިރު ޖަމާލީ ވިދާޅުވި އެވެ.

އޭގެ ތެރެއިން އެއް ހަމަލާގެ ޒިންމާ އުފުލާފައިވަނީ ހަނގުރާމަވެރި ވަކިވެގަތް ޖަމާއަތެއް ކަމަށްވާ ބަލޫޗް ލިބަރޭޝަން އާމީއިންނެވެ.

މީގެ އެއް ދުވަސް ކުރިން ބަލޫޗިސްތާނުގެ ސިބީ ސިޓީގައި ޕީޓީއައިގެ ކެމްޕެއިން އެއްވުމެއްގައި ބޮމެއް ގޮއްވާލައިގެން ހަތަރު މީހުން މަރުވެ ފަސް މީހަކު ޒަހަމްވެފައިވާ ކަމަށް ޕީޓީއައި އިން ބުނެ އެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހު ސަލާމަތީ އޮފިޝަލުންގެ ކުއްލި ބައްދަލުވުމެއް ބާއްވައި އެ ދެ ޕްރޮވިންސްގެ އަމަން އަމާންކަން “ގޯސްވަމުންދާ” މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިދިޔަ ބުދަ ދުވަހު ޕާކިސްތާނުގެ އަސްކަރިއްޔާއިން ވެސް އަހަރީ ކޮންފަރެންސެއް ބާއްވައި، އަންނަ ހަފުތާގައި ބާއްވާ އާންމު އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމުގެ އަސްކަރިއްޔާ ބޭތިއްބުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އަދި ސިޔާސީ ހަރަކާތެއް ހިންގުމުގެ ނަމުގައި ހަމަނުޖެހުން ހިންގުމާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ ޑިމޮކްރެޓިކް މަސައްކަތަށް ހުރަސް އެޅުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބު ބާއްވާ ދުވަސް ކަމަށްވާ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހަކީ އެ ގައުމުގެ 240 މިލިއަން މީހުންނަށް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޙާންގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ 14 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، ފާއިތުވި ހަފްތާވެފައިވަނީ ޕާކިސްތާނުގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ހަފުތާއަކަށެވެ.

2022 ވަނަ އަހަރުގެ އޭޕްރީލް މަހު ނެގި އިތުބާރު ނެތްކަމުގެ ވޯޓުގައި އިމްރާން މަގާމުން ދުރުކުރުމާ ގުޅިގެން އިމްރާނާއި ޕީޓީއައި ޕާޓީގެ މެންބަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ބައެއް ފަރާތްތަކުން ބުނަމުން ދަނީ އެމީހުންނަށް ބިރުދައްކައިގެން ހިމޭނުން ތިބި ކަމަށާއި އަނެއް ބަޔަކު އެކި ތުހުމަތުތަކުގައި ހައްޔަރުކޮށް ނުވަތަ ގައުމުން ބޭރަށް ދިއުން މަނާކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ