- Advertisement -ad image

ނެމީބިއާގެ ރައީސް އަވަހާރަވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ނެމީބިއާގެ ވެރިރަށް ވިންޑްހޯކްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް އެގައުމުގެ ރައީސް ހާގޭ ގެއިންގޮބް އަވަހާރަވެއްޖެއެވެ.

އެ ޤައުމުގެ ނައިބް ރައީސް ނަންގޯަލޯ އެމްބުމްބާ ވިދާޅުވީ ގެއިންގޮބް އަވަހާރަވީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. އަދި އަވަހާރަވީއިރު އޭނާގެ އަރިހުގައި އަނބިކަނބަލުން މެޑަމް މޮނިކާ ގެއިންގޯސް އާއި އޭނާގެ ދަރިން ތިއްބެވިކަމަށް ނައިބުރައީސް ވިދާޅުވި އެވެ.

އުމުރުފުޅުން 82 އަހަރުގެ ލީޑަރަށް ކެންސަރު ޖެހިފައިވާކަން އެނގުމުން ގެއިންގޮބް ވަނީ މިދިޔަ މަހު އާންމުންނަށް އެކަން ހާމަކޮށްފަ އެވެ.

އޭނާގެ އޮފީހުން ވަނީ ގެއިންގޮބްޭ ފަރުވާ އަށް އެމެރިކާއަށް ވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް އެނބުރި ނެމީބިއާއަށް ވަޑައިގަންނަވާނީ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ކަމަށް ހާމަކޮށްފަ އެވެ.

2015 ވަނަ އަހަރު ރައީސްކަމުގެ މަގާމަށް ގެއިންގޮބް ވަޑައިގެންނެވިއިރު، އެމަނިކުފާނު ގެންދަވަނީ ވެރިކަމުގެ ދެވަނަ އަދި އެންމެ ފަހު ދައުރު ވެސް ފުރުއްވަމުންނެވެ.

އޭނާ މިދިޔަ އަހަރު އެއޯޓިކް އޮޕަރޭޝަނެއް ކުރި އިރު 2014 ވަނަ އަހަރު އޭނާ ވަނީ ޕްރޮސްޓޭޓް ކެންސަރުން ސަލާމަތްވެފައިވާ ކަމަށް ބުނެފަ އެވެ.

ނަމީބިއާގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

1990 ވަނަ އަހަރު މިނިވަންވި ފަހުން ވެރިކަން ކުރަމުން އައި ވެރިކަން ކުރާ ސްވާޕޯ ޕާޓީން ވަނީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ނަންދީ-އަންދައިތުވާހް ހޮވައިފަ އެވެ.

ނަމީބިއާގެ ބޮޑުވަޒީރުގެ ނައިބުކަން ވެސް މިހާރު ކުރައްވަމުން ގެންދަވާ އެކަމަނާ ކާމިޔާބު ކުރައްވައިފި ނަމަ ވެގެންދާނީ އެ ގައުމުގެ ފުރަތަމަ އަންހެން ރައީސަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ