- Advertisement -ad image

ޗިލީގެ އަލިފާނުގެ ހާދިސާގައި 112 މީހުން މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ޗިލީގައި ރޯވެފައިވާ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 112 އަށް އަރާފައިވާއިރު، އިތުރު އެތައް ސަތޭކަ ބަޔަކު ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ވަލްޕަރައިސޯގެ މެދުތެރޭގެ ސަރަހައްދުގެ ޖަންގަލިތަކުގައި އަލިފާން ރޯވަމުން ދާތީ މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމުގެ އިންޒާރު އެ ޤައުމުގެ ރައީސް ގެބްރިއަލް ބޮރިކް ދެއްވައިފި އެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ބޮރިކް ވިދާޅުވީ، މުޅި ޗިލީއަކީ ދަނީ މަރުވެފައިވާ މީހުންނަށްޓަކައި ހިތާމަކުރަމުން ކަމަށެވެ. އަދި ކުރިމަތިވެފައި މިވަނީ ވަރަށް ބޮޑު ހިތާމަވެރި ހާދިސާއެއް ކަމަށް ވިދާޅުވެފައި ވެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނީ އަލިފާން ރޯވެފައިވާ މަޝްހޫރު ބީޗް ރިސޯޓެއް ކަމަށްވާ ވިނާ ޑެލް މާރް ސިޓީއާއި ވަށައިގެންވާ ސަރަހައްދުން 200 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ބައިނަލްއަގްވާމީ މިއުޒިކް ފެސްޓިވަލް ބާއްވަމުން އަންނަ އެ ސިޓީގެ އިރުމަތީ ފަރާތުގެ ބައެއް އަވަށްތައް އަލިފާނުގެ ހާދިސާގައި ހަލާކުވެ، އަނދާފައިވާ ގެތަކުން މަރުވެފައިވާ މީހުންގެ ހށިތައް ދަނީ ފެންނަމުންނެވެ.

ބޮރިކް ވަނީ ހުކުރު ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންވެސް ކުރައްވާފަ އެވެ.

“އަޅުގަނޑުމެން އެންމެން އެކުގައި މިތިބީ ކުއްލި ނުރައްކަލުގެ ހާލަތާ ދެކޮޅަށް،” އޭނާ ވިދާޅުވި އެވެ. އެންމެ އިސްކަމެއް ދެނީ ފުރާނަ ސަލާމަތް ކުރުމަށް ކަމަށް ބުނެފައިވެއެވެ.

އާދީއްތަ ދުވަހާ ހަމައަށް ލެޓިން އެމެރިކާގެ މެދުތެރޭގެ ސަރަހައްދުތަކާއި ދެކުނުގެ ސަރަހައްދުތަކުގައި ގާތްގަނޑަކަށް 26،000 ހެކްޓަރު (64،000 އޭކަރު) ގެ ސަރަހައްދެއް އަނދާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ ސާވިސް ސެނަޕްރެޑް އިން ވަނީ ބުނެފައ އެވެ.

އަލިފާން ނިއްވުމުގައި 1400 އެއްހާ ފަޔާ ފައިޓަރުންނާއި 1300 ސިފައިންގެ އިތުރުން އަލިފާން ނިއްވާ 31 ހެލިކޮޕްޓަރާއި މަތިންދާބޯޓު ހަރަކާތްތެރިވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ހޫނު މޫސުމުގައި ޗިލީގައި އަލިފާން ރޯވުމަކީ އާންމުކަމެކެވެ. މިދިޔަ އަހަރު ޗިލީގެ ދެކުނު މެދު ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާތަކުގައި ގާތްގަނޑަކަށް 27 މީހުން ވަނީ މަރުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ