- Advertisement -ad image

ރަސްގެފާނު ޗާލްސްއަށް ކެންސަރު ޖެހިފައިވާ ކަމަށް ބަކިންހަމް ޕެލަސް އިން ބުނެފި

ad image

ގުޅުންހުރި ލިޔުންތައް

ރަސްގެފާނު ޗާލްސް އަށް ކެންސަރު ޖެހިފައިވާ ކަމަށް ބަކިންހަމް ޕެލަސް އިން ބުނެފި އެވެ.

ބަކިންހަމް ޕެލަސް އިން ރަސްގެފާނު ޗާލްސް އަށް ޖެހިފައިވާ ކެންސަރުގެ ބާވަތެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެއީ ޕްރޮސްޓޭޓް ކެންސަރެއް ނޫން ކަމަށާއި، މިއީ ދާދި ފަހުން ބޮޑުވެފައިވާ ޕްރޮސްޓޭޓަކަށް ފަރުވާ ދެމުން ދަނިކޮށް ފެނުނު ކެންސަރެއްކަމަށް ހާމަކޮށްފައި ވެއެވެ.

ރަސްގެފާނު ހޯމަ ދުވަހު “އާންމު ފަރުވާ” ފައްޓަވާފައިވާ ކަމަށާއި އެ މުއްދަތުގައި އާންމުންގެ މަސްއޫލިއްޔަތުތައް ފަސްކުރައްވާނެ ކަމަށް ގަނޑުވަރުން ވަނީ ބުނެފަ އެވެ.

އަދި އުމުރުން 75 އަހަރުގެ ރަސްގެފާނު އޭނާގެ ފަރުވާއާ މެދު މުޅިން ޕޮޒިޓިވް ކަމަށާއި ވީހާވެސް އަވަހަކަށް ފުލް ޕަބްލިކް ޑިއުޓީއަށް އެނބުރި ވަޑައިގަތުމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

ޕެލަސްއިން ކެންސަރު ބަލީގެ ސްޓޭޖާއި ޕްރޮގްނޯސިސްއާ ގުޅޭ އިތުރު ތަފްސީލެއް ހިއްސާއެއް ނުކުރެ އެވެ.

ޗާލްސް އޭނާގެ ދެ ފިރިހެން ދަރިންނަށް ވެސް އޭނާ ބަލި ދެނެގަތް ކަން އަމިއްލައަށް ވަނީ އަންގަވާފަ އެވެ. އެތަނުން ޕްރިންސް ވޭލްސް އަކީ އޭނާގެ ބައްޕައާ އާދަޔާ ހިލާފަށް ގުޅުމެއް ބާއްވަވާ ބޭފުޅެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގައި ދިރިއުޅުއްވާ ޑިއުކް އޮފް ސަސެކްސް ޕްރިންސް ހެރީ ވެސް އޭނާގެ ބައްޕައާ ވާހަކަ ދައްކަވާފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ބައްޕަ ދެކިލެއްވުމަށްޓަކައި، އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެ އެވެ.

ނޯފޯކްގެ ސެންޑްރިންހަމް އިން ރަސްގެފާނު އެނބުރި ލަންޑަނަށް ވަޑައިގެންނެވީ ހޯމަ ދުވަހުގެ ހެނދުނެވެ. އަދި ގަނޑުވަރުން ބުނަނީ ރަސްގެފާނަށް އައުޓްޕޭޝަންޓެއްގެ ގޮތުގައި ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.

އާންމު ހަރަކާތްތައް މެދުކަނޑާލައްވަން ނިންމެވި ނަމަވެސް، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރަސްގެފާނު ދުސްތޫރީ ދައުރެއް އަދާކުރައްވަމުން ގެންދަވާނެ ކަމަށާއި އޭގެ ތެރޭގައި ލިޔެކިޔުންތަކާއި އަމިއްލަ ބައްދަލުވުންތައް ވެސް ހިމެނެ އެވެ.

ދައުލަތުގެ އެންމެ އިސްވެރިޔާއަށް ރަސްމީ މަސްއޫލިއްޔަތު އަދާނުކުރެވޭ ހާލަތްތަކުގައި ދުސްތޫރީ ނިޒާމެއް އޮންނާނެ – އެ ހާލަތުގައި ރަސްގެފާނުގެ ހައްގުގައި “ދައުލަތުގެ ކައުންސެލަރުން” އައްޔަން ކުރެވިދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ