- Advertisement -ad image

ދަތުރުކުރައްވަމުން ދިޔަ ހެލިކޮޕްޓަރު ވެއްޓި ޗިލީގެ ކުރީގެ ރައީސް ޕިނޭރާ އަވަހާރަވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ދެކުނު އެމެރިކާގެ ގައުމުގެ އެންމެ އިސް މަގާމު ގައި ދެ ފަހަރެއްގެ މަތިން ހުންނެވި ބިލިއަނަރު ޓައިކޫނެއް ކަމަށްވާ، ޗިލީގެ ކުރީގެ ރައީސް ސެބެސްޓިއަން ޕިނޭރާ ދަތުރުކުރައްވަމުން ދިޔަ ހެލިކޮޕްޓަރު ވެއްޓި އަވަހާރަވެއްޖެ އެވެ.

ޗިލީގެ ކުރީގެ ރައީސް އަވަހާރަވިކަންއިއުލާނުކޮށް އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުމުރުން 74 އަހަރުގެ ޕިނޭރާ މަރުވީ ސެންޓިއާގޯގެ ދެކުނުން ގާތްގަނޑަކަށް 920 ކިލޯމީޓަރު ދުރުގައި އޮންނަ މަޝްހޫރު ޗުއްޓީ ހޭދަކުރާ ތަނެއް ކަމަށްވާ ލާގޯ ރަންކޯގައި ކަމަށެވެ.

ޗިލީގެ ދާޚިލީ ވަޒީރު ކެރޮލީނާ ތޯހާ ވަނީ ކުރީގެ ރައީސް އަވަހާރަވިކަން ކަށަވަރުކޮށްދެއްވާފައެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޗިލީގެ ނޭޝަނަލް ޑިޒާސްޓާ އެޖެންސީ ސެނަޕްރަޑުން ބުނީ މި ހާދިސާގައި އެކަކު މަރުވެ ތިން މީހަކު ޒަހަމްވެފައިވާ ކަމަށެވެ. މި ބޯޓުގައި ތިބީ ކާކުކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ޕިނޭރާ އަކީ ޗިލީގެ ފަސް ވަނަ އަށް އެންމެ ބޮޑު މުއްސަނދިމީހާ ކަމަށް ބެލެވޭ އިރު، އޭނާގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރު އެބަހުއްޓެވެ. އޭނާ ވަނީ ގިނަ ޔުނިވާސިޓީތަކެއްގައި ގާތްގަނޑަކަށް 20 އަހަރު އެކަޑެމިކް އަދި އިންޓަ އެމެރިކަން ޑިވެލޮޕްމަންޓް ބޭންކާއި ވޯލްޑް ބޭންކުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

ޕިނޭރާ ވަނީ ޗިލީގެ ރައީސް ކަމަށް ތިން ފަހަރެއްގެ މަތިން ވާދަކުރައްވައިފަ އެވެ. 2006 ވަނަ އަހަރު އޭނާ ބަލިވީ ސޯޝަލިސްޓް މިޝޭލް ބެޝެލެޓް އަތުންނެވެ. އެއަށްފަހު 2010 ވަނަ އަހަރު އޭނާ ވަނީ ކުރީގެ ރައީސް އެޑުއާޑޯ ފްރެއި ބަލިކުރައްވާފައެވެ. ފުރަތަމަ ދައުރަށް ހަތަރު އަހަރު ފަހުން 2018 ވަނަ އަހަރު އޭނާ ވަނީ ވާތުފިޔައިގެ އަމިއްލަ ބޭފުޅަކު ބަލިކުރެއްވުމަށްފަހު ހަތަރު އަހަރުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ