test
- Advertisement -ad image

ޚާން ޔުނިސްގެ މެޑިކަލް ސެންޓަރަށް އަމާޒުކޮށް އިސްރާއީލުގެ ޓޭންކްތަކުން ހަމަލާދީފި

ad image

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގައި ހުންނަ ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ މަތީ ފަންގިފިލާތަކަށް އަމާޒުކޮށް އިސްރާއީލުގެ ޓޭންކްތަކުން ހަމަލާދީފި އެވެ. ކަމަށް އަލްޖަޒީރާ އަރަބި ކޮރެސްޕޮންޑެންޓަކު ރިޕޯޓްކޮށްފި އެވެ.

އިޒްރޭލުގެ ސްނައިޕަރަކު ރޭ ގެ ވަގުތެއްގައި މެޑިކަލް ސެންޓަރުގެ ކުރިމަތީ ގޭޓުގައި ފަލަސްތީނުގެ އަންހެނަކު ޝަހީދުކޮށްލާފައިވާއިރު، ހޮސްޕިޓަލުގެ ކޮމްޕައުންޑަށް ދިން ބޮމުގެ ހަމަލާތަކުގައި އިތުރު މީހުން މަރުވެ، ޒަހަމްވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދާދިފަހުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ރަފާއިން އާންމުން ނެރުމަށާއި، ހަމާސްއާ ދެކޮޅަށް ހަނގުރާމަކުރުމުގެ ޕްލޭނެއް އެކުލަވާލުމަށް އަސްކަރިއްޔާއަށް އަންގާފަ އެވެ.

އޭގެފަހުން ޚާން ޔުނިސްގައި އިޒްރޭލުގެ ސްނައިޕަރުން ދިން ހަމަލާތަކެއްގައި ނާސިރު ހޮސްޕިޓަލުގެ ބޭރުގައި 21 މީހުން ވަނީ މަރާލާފަ އެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި ފަލަސްތީނުގެ 107 މީހުން ޝަހީދުވެ 142 މީހުން ވަނީ ޒަޙަމްވެފަ އެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 27،947 މީހުން މަރުވެ، 67،459 މީހުން ވަނީ ޒަޚަމްވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ