- Advertisement -ad image

އެހީއަށް އެދި ފޯނު ކުރިތާ ދުވަސްތަކެއް ފަހުން، 6 އަހަރުގެ ހިންދު ރަޖަބް ޝަހީދުވެފައި އޮއްވާ ފެނިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މިދިޔަ މަހު ޣައްޒާ ސިޓީން ގެއްލުނު އުމުރުން ހަ އަހަރުގެ ހިންދު ރަޖަބް އާއި އެ ކުއްޖާ ސަލާމަތްކުރަން ކުރަން އުޅުނު އޭނާގެ ގާތް ތިމާގެ ބައެއް މީހުންނާއި ދެ ޕެރަމެޑިކްސް އާއި އެކު ޝަހީދުވެފައި އޮއްވާ ފެނިއްޖެ އެވެ.

ހިންދު ރަޖަބް އޭރު ކާރުގައި ރަށުން ފިލައިގެން ދިޔައީ ބޮޑުދައިތަ އަދި ބޮޑުބޭބެގެ އިތުރުން ދެބޭންގެ ދެދަރިން ތިން ކުދިންނާއެކުގަ އެވެ. 

ހިންދު އާއި އިމަޖެންސީ ކޯލް އޮޕަރޭޓަރުންނާ ދެމެދު ކުރެވުނު ކޯލްތަކުގެ އޯޑިއޯ ރެކޯޑިންތަކުން އެނގޭ ގޮތުގައި އޭނާގެ ގާތް ތިމާގެ މީހުންގެ ހަށިތަކުގެ ތެރޭގައި އިސްރާއީލު ސިފައިންގެ ކިބައިން ފޮރުވިގެން ކާރުގައި އެކަނި އިނީ އުމުރުން ހަ އަހަރުގެ އެ ކުއްޖާ އެކަންޏެވެ.

އޭނާ ސަލާމަތްކޮށްދޭނެ މީހަކު ހޯދަން އެދުނު އެދުމަށް ނިމުމެއް އައީ އިތުރު ބަޑީގެ އަޑާއެކު ފޯނު ލައިން ކަނޑާލުމުންނެވެ.

ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) ގެ ޕެރަމެޑިކްސް އިން ހޮނިހިރު ދުވަހު ވަނީ އެކްޓިވް ކޮމްބެޓް ޒޯނެއްގެ ގޮތުގައި ކުރިން ބަންދުކޮށްފައި އޮތް އެ ސަރަހައްދަށް ގޮސްފަ އެވެ.

ހިންދު ދަތުރުކުރި ކަޅު ކުލައިގެ ކިއާ ކާރު އެމީހުންނަށް ފެނުނެވެ- އޭގެ ވިންޑްސްކްރީނާއި ޑޭޝްބޯޑު ތަޅައިގެން ގޮސް، ބުލެޓް ހޮޅިތައް އެއްފަރާތަށް ފެތުރިފައި ހުއްޓެވެ.

ޕެރަމެޑިކް މީހަކު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ ކާރުގެ ތެރެއިން ފެނުނު ހަ ހަށިގަނޑުގެ ތެރޭގައި ހިންދު ވެސް ހިމެނޭ ކަމަށާއި އެ ހުރިހާ ހަށިގަނޑުން ވެސް ބަޑީގެ ހަމަލާތަކާއި ބަޑީގެ ނިޝާންތައް ފެންނަ ކަމަށެވެ.

ތަންކޮޅެއް ދުރުގައި އެހެން ވެހިކަލެއްގައި ވެސް ހަށިގަނޑެއް އޮތްއިރު، އެ ވެހިކަލް އެކޮށް ވަނީ އަނދާފަ އެވެ. މިއީ ހިންދު ގެނައުމަށް ފޮނުވި އެމްބިއުލާންސް ކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި އެމްބިއުލާންސަށް އިޒްރޭލު ސިފައިން ދިން ބޮމުގެ ހަމަލާގައި އެ ތަނުގެ ޕެރަމެޑިކްސް ކަމަށްވާ ޔޫސުފް އަލް ޒީނޯ އާއި އަހުމަދު އަލް މަދޫން ވަނީ ޝަހީދުވެފައެވެ.

“[އިސްރާއީލުން] ރެޑް ކްރެސެންޓްގެ ޕެރަމެޑިކްސްއަށް އަމާޒުކުރީ، ކުޑަ ކުއްޖާ، ހިންދު ސަލާމަތް ކުރުމަށް އެމްބިއުލާންސް އެ ތަނަށް އައުމުގެ ހުއްދަ ދިނުމަށް ޓަކައި ކުރިން ކޯޑިނޭޝަން ހޯދާފައި ވަނިކޮށް،” އެ ބަޔާނުގައި ވެ އެވެ.

ޕީއާރުސީއެސް އިން ބީބީސީއަށް ބުނީ އިޒްރޭލުގެ އަސްކަރިއްޔާއާ އެކު އެކްސެސް ކޯޑިނޭޓް ކުރަން އެތައް ގަޑިއިރެއް ހޭދަވީ ހިންދަށް ޕެރަމެޑިކްސް ފޮނުވުމަށް ކަމަށެވެ.

ކޯލް އޮޕަރޭޓަރުންނާ އެކު ހިންދު ދެއްކި ވާހަކަތަކުގެ ރެކޯޑިންތައް ރެޑް ކްރެސެންޓުން އާންމުކޮށް ހިއްސާކުރުމުން، އޭނާއަށް ވީ ގޮތް ދެނެގަތުމުގެ ކެމްޕޭނެއް ފެށުނެވެ.

ހިންދުގެ މަންމަ ބުނިގޮތުގައި ދަރިފުޅުގެ ހަށިގަނޑު ފެނުމުގެ ކުރިން އޭނާ އިންތިޒާރު ކުރަމުންދިޔައީ ދަރިފުޅު ފެންނާނެ އިރަކަށެވެ.

މިހާރު ހިންދުގެ މަންމަ ބޭނުންވަނީ އެމީހުން ޖަވާބުދާރީ ކުރުވުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ