- Advertisement -ad image

ޚާން ޔޫނިސް ކައިރީގައި ހުންނަ ހޮސްޕިޓަލުގެ ހާލަތު ވަރަށް ގޯސް: ޑޮކްޓަރު

ad image

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ޔޫރަޕިއަން ހޮސްޕިޓަލްގެ މެޑިކަލް ސެންޓަރަށް “ކާރިސާއެއް” ކުރިމަތިވެފައިވާ ކަމަށާއި އެތަނުގައި ދެން އިތުރު ބަލި މީހުން ނުބެލޭނެ ކަމަށް އެތަނުގެ ޑޮކްޓަރެއް ކަމަށްވާ އަހްމަދު މޮޚަލަޓީ ވިދާޅުޅުވެއްޖެ އެވެ.

މޮޚަލަޓީ ވިދާޅުވޮތުގައި މިފަދަ މިއީ ހަމަނުޖެހުން ބޮޑު ދަނޑިވަޅެއްގައި، ޔޫރަޕިއަން ހޮސްޕިޓަލް އަކީ ފުޅާ ދާއިރާއެއްގައި ފަރުވާ ދެވެން އޮތް ހަމައެކަނި ހޮސްޕިޓަލެވެ. 240 އެނދުގެ ކެޕޭސިޓީ ހުރި، އެ ހޮސްޕިޓަލްގެ އެނދުތަކުގެ އަދަދު 370 އަށް ވަނީ ފުޅާކޮށްފަ އެވެ

އެެހެންނަމަވެސް އެތަނުގައި މިހާރުވެސ2000 ޕޭޝަންޓުން އެބަތިބިކަމަށް އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވަނީ ވިދާޅުވެފަ އެވެ.

މޮޚަލަޓީ ވިދާޅުވިގޮތުގައި އެ ހޮސްޕިޓަލްގެ ކޮރިޑޯތައް ފުރިފައި، އިމަޖެންސީ ޑިޕާޓްމަންޓުގައި ވެސް ބަލި މީހުން ވަނީ ތޮށްޖެހިފަ އެވެ.

އަދި ފެސިލިޓީގެ ހާލަތަކީ “ޣައްޒާގެ ސިއްހީ ނިޒާމު ފުނޑުފުނޑުވެފައިވާ” ކަމުގެ އިތުރު މިސާލެއް ކަމަށާއި، މިއީ ވަރަށް ނުރައްކާތެރި ހާލަތެއްކަމަށް މޮޚަލާޓީ ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިދިޔަ ޖެނުއަރީ މަހު ބުނެފައި ވަނީ ޣައްޒާގެ 36 ހޮސްޕިޓަލުގެ ތެރެއިން 15 ހޮސްޕިޓަލެއްގެ މަސައްކަތް ތައް ބައިނަލްއަގްވާމީ ގޮތުން ހިނގަމުން އަންނަ ކަމަށެވެ. އެއީ ދެކުނުން ނުވަ ހޮސްޕިޓަލެއް އަދި އުތުރުން ހަ ހޮސްޕިޓަލެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ