- Advertisement -ad image

ހިލައެއް މިއަދު ދުނިޔެއާ ވަރަށް ކައިރިން ދަތުރުކުރާނެ!

ad image

ގުޅުންހުރި ލިޔުންތައް

2024 ވަނަ އަހަރުގެ ބީއާރް4 ގެ ނަމުން ނަންދީފައިވާ ޖައްވީ ހިލައެއް މިއަދު ދުނިޔެ އާއި ވަރަށް ކައިރިން ދަތުރުކުރާނެ އެވެ. ގާތްގަނޑަކަށް 140 މީޓަރާއި 310 މީޓަރާއި ދެމެދުގެ ދިގުމިނުގައި، ގާތްގަނޑަކަށް އުސް އިމާރާތެއްގެ ބޮޑުމިނުގައި ހުންނަ މި ހިލަ ދުނިޔެ އާއި 4.6 މިލިއަން ކިލޯމީޓަރަށް ކައިރިވާނެއެވެ.

މި އެސްޓްރޮއިޑް ދަތުރުކުރަމުން ދަނީ ހަނދާ އިދިކޮޅަށް ބާރަ ގުނަ ދުރުމިނުގަ އެވެ.

މީގެ ދެ ހަފްތާ ކުރިން ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ކެޓަލީނާ ސްކައި ސާވޭއިން ފެނުނު މި ބާރު ދުވެލީގައި ހިނގަމުން އަންނަ ޖައްވީ ހިލައަކީ އެޕޯލޯސް ނަމަކަށް ކިޔާ އެސްޓްރޮއިޑްތަކުގެ ގުރޫޕަށް ނިސްބަތްވާ ހިލައެކެވެ. ގްލޯބަލް ވާޗުއަލް ޓެލެސްކޯޕް ޕްރޮޖެކްޓްގެ ދަށުން ސެލެސްޓްރޯން ރޮބޮޓިކް ޔުނިޓަކުން ދާދި ފަހުން ނަގާފައިވާ 120 ސިކުންތުގެ ދިގު އެކްސްޕޯޒާ ފޮޓޯއަކުން މި ހިލަ ދަތުރުކުރާ މަންޒަރެއް ފެނިގެން ދެއެވެ.

އޭރު ދިރާސާތައް ހެދިއިރު ބީއާރް4 އޮތީ ބިމާ ގާތްގަނޑަކަށް 12 މިލިއަން ކިލޯމީޓަރު ދުރުގައި ކަމަށާއި އަދި މަޑުމަޑުން ގާތްވަމުން އަންނަކަމަށް ބުނެފައި ވެއެވެ. މި ދަތުރުގެ ތަފްސީލުތައް ސެލެސްޓްރޯން ސީ14، ޕެރަމައުންޓް އެމްއީ، އެސްބީއައިޖީ އެސްޓީ8 – އެކްސްއެމްއީ ރޮބޮޓިކް ޔުނިޓް ބޭނުންކޮށްގެން ނަގާފައިވާއިރު، އިތުރަށް އެހީ ހޯދާފައިވަނީ ވާޗުއަލް ޓެލެސްކޯޕް ޕްރޮޖެކްޓުންނެވެ.

މި އެސްޓްރޮއިޑް ގެ އެންމެ ކުޑަ ދުރުމިނަކީ 4.6 މިލިއަން ކިލޯމީޓަރު ކަމަށް ވާއިރު، މިއީ މިއަދު ހަނދުގެ އެވްރެޖް ދުރުމިނަށް ވުރެ ގާތްގަނޑަކަށް 12 ގުނަ އިތުރު ދުރުމިނެއްކަމަށް އެސްޓްރޮއިޑް ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. ނާސާއިން ބުނީ، މި ފަދަ ހިލައިން ދުނިޔެއަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ