- Advertisement -ad image

އިސްރާއީލުން ޣައްޒާއަށް ބޮމުގެ ހަމަލާތަކެއް ދީ، އެންމެ ބޮޑު ހޮސްޕިޓަލް ވަށާލައިފި

ad image

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ، ޚާން ޔުނިސް އަވަށުގައި ހުންނަ ނާސިރު ހޮސްޕިޓަލުގެ ވަށާލާފައިވާއިރު، އެންކްލޭވްގައި ފަލަސްތީނުގެ އެންމެ ފަހު ހިމާޔަތް ކަމަށްވާ ރަފާއަށް ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާދީފި އެވެ.

ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިޒްރޭލު ސިފައިން ވަނީ ނާސިރު ހޮސްޕިޓަލަށް ވަދެ އެ ހޮސްޕިޓަލުގައި މަޑުކޮށްފަ އެވެ. ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ހުކުރު ދުވަހު ކަރަންޓު ކަނޑާލުމާ ގުޅިގެން އޮކްސިޖަން ނުލިބި އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ފަސް މީހަކު މަރުވެފައިވާ ކަމަށެވެ.

އިޒްރޭލުން ބުނީ ހޮސްޕިޓަލަށް ބަދަލުވީ ހަމާސްގެ ހަނގުރާމަވެރިން އެތަނުގައި ފޮރުވާފައި ތިބުމުނ ކަމަށެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ބުނީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާތަކުގައި ބައިވެރިވި 20 އަށްވުރެ ގިނަ ހަނގުރާމަވެރިންހޮސްޕިޓަލުގައި ތިބި ކަމަށެވެ.

ނަމަވެސް ހަމާސް އިން ވަނީ ހޮސްޕިޓަލުގައި ހަނގުރާމަވެރިން ތިބި ކަމަށް ބުނެ ދެކެވޭ ވާހަކަ ދޮގުކޮށް، އެއީ ހޮސްޕިޓަލްތައް ހަލާކުކޮށްލުމަށް ޓަކައި ފޮރުވަން ހަދާފައިވާ ދޮގެއް ކަމަށް ބުނެފަ އެވެ..

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ހުކުރު ދުވަހު އެ ހޮސްޕިޓަލުން ކަރަންޓު ކެނޑި، ކަރަންޓު ނުލިބުމުގެ ސަބަބުން ބަލި މީހުންނަށް ފަރުވާ ދިނުމަށް ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށެވެ. 

އެ މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ކިދްރާ ވިދާޅުވީ ހުކުރު ދުވަހު މާބަނޑު ދެ އަންހެނަކު ވިހާފައި ވަނީ މި ފިނި މޫސުމުގައި ފެނާއި ކާއެއްޗެހި ނުލިބުމާއި ހޫނުކުރެވޭނެ އެއްވެސް ގޮތެއް ނެތް އުނދަގޫ ހާލަތުގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ