- Advertisement -ad image

އީރާނުގައި މީހަކު ދިން ބަޑީގެ ހަމަލާއެއްގައި އާއިލާގެ 12 މީހުން މަރާލައިފި

ad image

ގުޅުންހުރި ލިޔުންތައް

އީރާނުގައި އުމުރުން 30 އަހަރުގެ ފިރިހެނަކު އޭނާގެ ބައްޕަ އާއި ކޮއްކޮ ހިމެނޭ ގޮތަށް ގާތް ތިމާގެ 12 މީހަކު މަރާލާފައިވާ ކަމަށް އެ ޤައުމުގެ ރަސްމީ މީޑިއާތަކުން ބުނެފި އެވެ.

އެ ޤައުމުގެ ރަސްމީ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި މި މީހާ އަކީ ކަލަޝްނިކޯވް އެސޯލްޓް ރައިފަލެއް ބޭނުންކުރި މީހެކެވެ.

އެ މީހުން ބުނި ގޮތުގައި ރަށްފުށުގެ ފަޅު ރަށެއްގައި، ދިން މި ހަމަލާ ގުޅިފައިވަނީ އާއިލީ މައްސަލައަކާއެވެ.. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

އީރާނުގައި މީހުން މެރުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމެކެވެ. އަދި އެ ގައުމުގައި ޝިކާރަކުރާ ރައިފަލްތަކަކީ މީހުން އަތުގައި ގެންގުޅެން ހުއްދަ ދޭ ހަމައެކަނި ހަތިޔާރެވެ.

މީގެ ދެ އަހަރު ކުރިން އީރާނުގެ ހުޅަނގުގައި ހުންނަ ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާއިން ވަކިކުރި މުވައްޒަފަކު ވަނީ ބަޑިޖަހައި ތިން މީހަކު މަރާލައި ފަސް މީހަކު ޒަހަމްކޮށްލުމަށްފަހު އަމިއްލައަށް މަރުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ