- Advertisement -ad image

އިސްރާއީލުން ދިން ހަމަލާތަކުގައި ރޭވެސް ޣައްޒާގެ އެތައް ބަޔަކު ޝަހީދުކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކުގައި ރޭވެސް އާންމުންގެ އެތައް ބަޔަކު ޝަހީދުވެ، ޒަޚަމްވެއްޖެއެވެ.

މެޑިކަލް މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނުސޭރަތު ރެފިއުޖީ ކޭމްޕާއި ޒުވައިދާ ސަރަހައްދާއި ދީރް އަލް ބަލާހް ސިޓީގެ ސަރަހައްދުތަކަށް އަމާޒުކޮށް އިސްރާއީލުން ވައިގެ މަގުންނާއި އާޓިލަރީ ހަމަލާތަކުގައި މިހާތަނަށް އާންމުންގެ 70 އަށް ވުރެ ގިނަ މީހުން މަރުވެ، އިތުރު ބަޔަކު ވަނީ ޒަހަމްވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން 16 މީހެއްގެ ހަށިގަނޑު ހޮސްޕިޓަލްތަކަށް ގެނެސްފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީއިން ރިޕޯޓުކޮށްފައި ވެއެވެ. އިސްރާއީލުން ޣައްޒާގެ އުތުރުގެ ސަރަހައްދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ކުނިތަކުގެ ދަށުން ފަސް މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު އޭގެ ތެރޭގައި ވެސް ގިނައީ ކުޑަކުދިންނެވެ.

އިސްރާއީލުން ވަނީ ޣައްޒާ ސިޓީގެ ޝުޖާއްޔާ، ޒީތޫން، ތެލް އަލް ހައްވާ އަދި ޝެއިޚް އިޖްލީންގެ އަވަށްތަކަށް ވެސް އަމާޒުކޮށް ހަމަލާދީފަ އެވެ.

މެޑިކަލް މަސްދަރުތަކުން ބުނި ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ވަނީ ލާއިންސާނީ ގޮތަކަށް ފަލަސްތީނުގެ 13 މީހުން މަރާލައިފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ޝަހީދުވި އާންމުންގެ އަދަދު 28،985 އަށް އަރާފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 68،883 މީހުން ވަނީ ޒަޚަމްވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ