- Advertisement -ad image

5،000 ޕައުންޑުގެ ސެޓެލައިޓެއް މި ހަފުތާގައި ދުނިޔެއަށް ވެއްޓޭނެ ކަމަށް ބެލެވޭ! 

ad image

ގުޅުންހުރި ލިޔުންތައް

ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ސެޓްލައިޓެއް އަނެއްކާވެސް ދުނިޔޭގެ ސަތަހައިގެ ތެރެއަށް ވަދެ، ބުދަ ދުވަހުގެ ހެނދުނު ދުނިޔޭގެ ޖައްވުގައި އަނދައިގެން ދާނެ ކަމަށް ބެލެވޭކަމަށް އެ އެޖެންސީން ބުނެފި އެވެ.

އެ އެޖެންސީގެ ސްޕޭސް ޑެބްރިސް އޮފީހާއި ބައިނަލްއަގްވާމީ ސަވައިލަންސް ނެޓްވޯކަކާއެކު، ދުނިޔެ އޮބްޒާވްކުރާ އީއާރުއެސް-2 ސެޓެލައިޓް މޮނިޓާކޮށް ޓްރެކް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ބުދަ ދުވަހުގެ ހެނދުނު 6:14 ގައި އަލުން އެ ސެޓެލައިޓް ދުނިޔޭގެ ސަތަހައިގެ ތެރެއަށް ވަންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އީއެސްއޭ އިން އަންނަނީ އެ ކުންފުނީގެ ވެބްސައިޓުން އެކަމާއި ގުޅުންހުރި ލައިވް އަޕްޑޭޓްތައް ވެސް ފޯރުކޮށްދެމުންނެވެ.

“ޖައްވީ އުޅަނދުގެ ރީއެންޓްރީ އަކީ އޭގެ އަމިއްލަ ޒާތުގައި ދަތުރުކުރާ އެއްޗެއްކަމުން، އަނބުރާ ފޮނުވާލުމުގެ ފުރުސަތެއް ނުލިބި، އެ ސެޓްލައިޓް ޖައްވަށް ވަދެ އަނދައިގެން ދާން ފަށާނީ ކޮން ތަނަކާއި ކޮން އިރަކު ކަމެއް ނޭނގެކަމަށް އެ އެޖެންސީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ސެޓެލައިޓް އަލުން ދަތުރުކުރާނެ ސީދާ ވަގުތެއް އަދި ވެސް ނޭނގެނީ، އިރުގެ ހަރަކާތުގެ އަންދާޒާ ނުކުރެވޭތީ، އޭގެ ސަބަބުން ދުނިޔޭގެ ޖައްވުގެ ޑެންސިޓީ އާއި ސެޓެލައިޓްގައި ޖައްވު ޓަގްވާ ގޮތް ބަދަލުވެދާނެތީ އެވެ. ސޯލާ މެކްސިމަމް ގެ ނަމުން ނަން ދީފައިވާ 11 އަހަރުގެ ސައިކަލްގެ ފަހު ދުވަސްކޮޅާއި ގާތްވަމުން އަންނަ އިރު، ސޯލާ އެކްޓިވިޓީ ދަނީ އިތުރުވަމުންނެވެ. ސޯލާ މެކްސިމަމް މި އަހަރުގެ ފަހުކޮޅު އަންނާނެ ކަމަށް ބެލެވެ އެވެ.

އިރުގެ ހަރަކާތްތައް އިތުރުވުމުގެ ސަބަބުން 2023 ވަނަ އަހަރުގެ ޖުލައި މަހު އީއެސްއޭގެ އެއޯލަސް ސެޓެލައިޓަަށް އަސަރުކޮށް އޭގެ ސްޕީޑްވެސް މިހާރުވަނީ އަވަސްވެފަ އެވެ.

އީއާރުއެސް-2 ސެޓެލައިޓްގެ ތެޔޮ މަދުވުމަށްފަހު 5،057 ޕައުންޑް ހުންނާނެ ކަމަށް ލަފާކުރެވޭ އިރު، މިއީ ކޮންމެ ހަފުތާއަކު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ދުނިޔޭގެ ޖައްވަށް ވަންނަ އެހެން ޖައްވީ ކުނިތަކާ އެއްވަރުގެ ސައިޒެއް ކަމަށް އެ އެޖެންސީން ބުނެއެވެ.

ބިމުގެ މަތިން ގާތްގަނޑަކަށް 50 މޭލު އުސްމިނުގައި ސެޓެލައިޓް ފަޅައިގެން ގޮސް، ޖައްވުގައި ގިނަ ބައިތައް އަނދައިގެން ދާނެ ކަމަށް ބެލެވެ އެވެ. އެ އެޖެންސީން ބުނީ ބައެއް ބައިތައް ޕްލެނެޓްގެ ފަށަލައާ ހަމައަށް ފޯރާނެ ކަމަށާއި ނަމަވެސް އޭގެ ތެރޭގައި ނުރައްކާތެރި އެއްވެސް މާއްދާއެއް ނުހުންނާނެ ކަމަށާއި އެ ބައިތައް މޫދަށް ވެއްޓުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އާރތު އޮބްޒަރވިންގ އީ.އާރު.އެސް-2 ސެޓެލައިޓް އެންމެ ފުރަތަމަ ލޯންޗްކޮށްފައިވަނީ 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ. މިއީ އޭރު ޔޫރަޕުން އުފައްދައި ލޯންޗްކުރި މިބާވަތުގެ އެންމެ ޒަމާނީ ސެޓެލައިޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ