- Advertisement -ad image

ވެނެޒުއެލާގައި ރަނުގެ މައިނެއް ވެއްޓި އެތައް ބަޔަކު މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ވެނެޒުއެލާގެ ލާ ޕެރަގުއާ އަވަށުގައި ގާނޫނާ ހިލާފަށް ހަދާފައިވާ ރަނުގެ މައިނެއް ވެއްޓި އެތައް ބަޔަކު މަރުވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އެ އަވަށުގެ މޭޔަރު ޔޯޖީ އާކިނީގާ ވިދާޅުވެއްޖެ އެވެ.

މޭޔަރު އަންދާޒާ ކުރައްވާ ގޮތުގައި މިހާތަނަށް އެތައް ބަޔަކު މަރުވެފައިވާއިރު، އަދިވެސް އެތައް ބަޔަކު ވަނީ ވެއްޓުނު މައިންގައި ތާށިވެފަ އެވެ. ނަމަވެސް އެ ސަރަހައްދު ދުރުކަމުން ދެކުނުއިރުމަތީ ބޮލިވަރު ސްޓޭޓްގައި މި ހާދިސާ ހިނގި ގޮތާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވެމުންދާ ކަމަށް އާކިނީގާ އާއި ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވެއެވެ.

ބުލާ ލޯކާ ނަމަކަށް ކިޔާ މައިން ހުންނަ މި ސަރަހައްދަށް ރިލީފް ޓީމްތަކާއި ރެސްކިއު ވޯކަރުން ފޮނުވާފައިވާ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

ބޮލިވާރް ސްޓޭޓް ސަރުކާރުގެ ސެކިއުރިޓީ އޮފިޝަލެއް ކަމަށްވާ އެގަރު ކޮލިނާމަރުވި މީހުންގެ އަދަދު އަޕްޑޭޓް ކުރުމަށް ދައުލަތުގެ އިތުރު އޮފިޝަލުން ލަ ޕެރަގުއާއަށް ދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ބޮލިވަރަކީ ޒަމާނުއްސުރެ ގަވައިދާ ހިލާފަށް ރަނާއި އެހެނިހެން މިނަރަލްސް ހޯދުމުގެ ސަބަބުން ޖަންގަލިތައް ފޮރުވިފައިވާ ސަރަހައްދެކެވެ. ވޭތުވެދިޔަ އަހަރުތަކުގައި، ކުށްކުރާ ޖަމާއަތްތަކުން ކޮންޓްރޯލް ކުރާ ނުރަސްމީ މައިނިން ހަރަކާތްތައް ފުޅާވެ، ވެނެޒުއޭލާ އާއި ބްރެޒިލްގެ ބޯޑަރު ސަރަހައްދުގައި އޮންނަ ސަރަހައްދެއް ކަމަށްވާ ކަނައިމާ ނޭޝަނަލް ޕާކް އާ ހަމައަށް ވަނީ ގޮސްފަ އެވެ.

ލާ ޕެރަގުއާ އަކީ ޕާކުގެ ބޯޑަރުތަކާ 40 މޭލަށް ވުރެ ވެސް ކައިރީގައި އޮންނަ ސަރަހައްދެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ