- Advertisement -ad image

ގޮތްނޭނގޭ ބައްޔެއް ފެތުރޭތީ 2،000 އަށް ވުރެ ގިނަ މީހުން ކްރޫޒް ޝިޕެއްގައި ކަރަންޓީނުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ގޮތް ނޭނގޭ ބަނޑަށް ޖެހޭ ބައްޔެއްގެ ސަބަބުން އެންމެން ކަރަންޓީނުކޮށް، ދެކުނު އެފްރިކާއިން ދަތުރުކުރި ނޯވޭގެ ކްރޫޒް ލައިނާއެއް މޮރިޝަސްގެ އައްސޭރިފަށުގައި ތާށިވެއްޖެއެވެ.

މި ގޮތް ނޭނގޭ ބަލީގެ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން އެ ބޮޑު ބޯޓުގައި ތިބި އެހެން އެއްވެސް ފަސިންޖަރަކު އެއްގަމަށް ފޭބުން މަނާކުރުމަށް މޮރިޝަސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ.

ނޯވޭގެ ކްރޫޒް ލައިނާއިން ބުނީ އެ ބޯޓުގައި ތިބި ބައެއް ގެސްޓުންނަށް ބަނޑާ ގުޅުންހުރި ބައްޔެއްގެ އާދައިގެ އަލާމާތްތައް މި ހަފުތާގެ ކުރީކޮޅު ފެންނަން ފަށާފައިވާ ކަމަށެވެ.

މޮރިޝަސްގެ ހެލްތު މިނިސްޓްރީން ބުނީ ކޭޕްޓައުންއިން ޕޯޓް ލުއީއަށް 12 ދުވަހުގެ ދަތުރެއްގައި ދަތުރުކުރި ޑޯން ބޯޓުގައި ތިބި 15 ފަސިންޖަރުންގެ ސާމްޕަލް ނަގައި، އެ މީހުން ބޯޓުގައި އެކަހެރިކޮށްފައިވާ ކަމަށެވެ.

ނޯވޭއިން ނެރުނު ބަޔާނެއްގައި ބުނީ ޓެސްޓު ތައް ނިމެންދެން އަންނަ އަންގާރަ ދުވަހާ ހަމައަށް މޮރިޝަސް އިން އެއްވެސް މީހަކު އެ އުޅަނދަށް އެރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

ސިއްހީ އޮފިޝަލުން ޓެސްޓު ކުރި 15 ފަސިންޖަރުންގެ ޓެސްޓުގެ ނަތީޖާ ލިބުމަށް ގާތްގަނޑަކަށް 48 ގަޑިއިރު ނަގާނެ އެވެ.

ނޯވޭގެ ޑޯންގައި 1،026 ފަޅުވެރިންނާއެކު 2،184 ފަސިންޖަރުން ތިބި ކަމަށް މޮރިޝަސް ޕޯޓްސް އޮތޯރިޓީން ބުނެއެވެ. އާދީއްތަ ދުވަހު 2،000 އެއްހާ ފަސިންޖަރުން ކްރޫޒްއިން ފައިބަން ހަމަޖެހިފައިވީ ނަމަވެސް އަދިވެސް އެމީހުން ތިބީ ބޯޓުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ