- Advertisement -ad image

މަންމަގެ ފަރާތުން ލޯބި ނުލިބޭތީ، ގޭގައި ހުރި ގަހަނާއާއި ފައިސާތައް ވަގަށް ނަގައިފި

ad image

ގުޅުންހުރި ލިޔުންތައް

މަންމަގެ ފަރާތުން ލޯބި ނުލިބުމުން ނުލިބުމުން އަންހެނަކު އޭނާގެ ގެއަށް ވަދެ ގަހަނާއާއި ފައިސާ ވަގަށް ނަގައިފިއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އޭނާގެ މަންމަގެ ގެއިން ގަހަނާއާއި ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 31 އަހަރުގެ އަންހެން މީހާ ވައްކަން ކުރީ މާލީގޮތުން ދަތިވެ، މަންމަގެ ފަރާތުން “ލޯތްބެއް ނުލިބުމުގެ” ސަބަބުން ކަމަށް އޮފިޝަލަކު އާދިއްތަ ދުވަހު ވަނީ ބުނެފަ އެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ދުވާރްކާ) އަންކިތު ސިންގް ވިދާޅުވީ އުއްތަމް ނަގަރުގެ ގެއަކުން ވައްކަން ކުރި ކަމުގެ ޝަކުވާ ފުލުހުންނަށް ލިބުނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ބޯ ނިވާކޮށްގެން ހުރި އަންހެނަކު މެންދުރު ފަހު 2:00 ހާއިރު ގެއަށް ވަދެ، ރަނާއި ރިހި ގަހަނާގެ އިތުރުން 25،000 ރުޕީސްގެ ފައިސާ ވަގަށް ނަގައިގެން ފިލާފައިވާކަމަށެވެ.

ޑީސީޕީ ވިދާޅުވީ އެގެއަށް ވަންނަން ބާރުގެ ބޭނުންކޮށްފައި ހުރި ނިޝާނެއް ފެނިފައި ނުވާ ކަމަށާއި އެތަނުގެ އަލަމާރީގެ ދޮރުވެސް ހަލާކުކޮށްފައިނުވާ ކަމަށެވެ.

މި މައްސަލަ ހުށަހެޅި މީހާގެ އަންހެން ދަރިފުޅު ފުލުހުން ހައްޔަރުކުރިއިރު، ވަގަށް ނަގާފައިވާ ގަހަނާތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

“އޭނާ ކުށަށް އިއުތިރާފުވެ، ފުލުހުންނަށް ބުނީ އޭނާގެ މަންމަ އޭނާއަށް ވުރެ ބޮޑަށް އޭނާގެ ކޮއްކޮދެކެ ލޯބިވާ ކަމަށާއި އެކަމުގެ ސަބަބުން އޭނާއަށްމާލީ ބުރައެއް އުފުލަން ޖެހޭ ކަމަށާއި އެހެންކަމުން އެ ރޭވުން ރޭވީ ކަމަށް،” އޮފިސަރު ވިދާޅުވި އެވެ.

އޭނާ ބުނި ގޮތުގައި ތުހުމަތު ކުރެވޭ މީހާ ވަނީ އޭނާގެ ކޮއްކޮގެ ގަހަނާތައް ވެސް ވަގަށް ނަގައިފަ އެވެ. ފުލުހުން ބުނީ އެ ގަހަނާތައް ވިއްކާފައި ވަނީ އެ ގައުމުގެ ގަހަނާ ފިހާރައަކަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ