- Advertisement -ad image

އޮޑިސިއަސް ޖައްވީ އުޅަނދުން ހަނދުގެ އާ ފޮޓޯތަކެއް ހިއްސާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އޮޑިސިއަސް ޖައްވީ އުޅަނދު ހަނދުގެ އާ ފޮޓޯތަކެއް އާންމުންނާއި ހިއްސާކޮށްފިއެވެ.

އޮޑީސިއަސް މިޝަންގެ ފާހަގަކޮށްލެވޭ އާ ފޮޓޯތަކުން ހަނދުގައި އުފެދުނު ހިތާމަވެރި އަދި ތާރީޚީ ޓަޗްޑައުންއަށް ފަހު، ހަނދުގައި ސޮފްޓް ޓަޗްޑައުންއެއް އުފެއްދި އެމެރިކާގެ ފުރަތަމަ ޖައްވީ އުޅަނދު ދައްކުވައިދެއެވެ.

އޮޑީސިއަސް ލޭންޑާ އުފެއްދި ހިއުސްޓަންގެ ކުންފުންޏެއް ކަމަށްވާ އިންޓިޓިއުޓް މެޝިންސް އިން މި ފޮޓޯތައް ހިއްސާކުރީ ބުދަ ދުވަހު ބޭއްވި ނިއުސް ބްރީފިންގަ އެވެ. މި ނިއުސް ކޮންފަރެންސްގައި، މިޝަންގައި ސައިންސް އިންސްޓްރޫމެންޓްތައް އުދުއްސާލުމަށް ފައިސާ ދެއްކި އިންޓިޓިއުޓް މެޝިންސް އާއި ނާސާގެ އޮފިޝަލުން ވެސް ވަނީ އޮޑިސިއަސްގެ ހުރިހާ އިންސްޓްރޫމެންޓަކުން ޑޭޓާ ޓްރާންސްމިޓް ކުރަމުން އަންނަ ކަން ކަށަވަރުކޮށްދީ، ޖައްވީ އުޅަނދު ޑްރެމެޓިކްކޮށް ބިންމައްޗަށް ވެއްޓުނު ދުވަސްވަރު ބޮޑެތި ގޮންޖެހުންތަކާ އެކުވެސް މިޝަން ކާމިޔާބު ކަމަށް އިއުލާނުކޮށްފަ އެވެ.

ބުދަ ދުވަހުގެ މެންދުރުގެ ވަގުތާ ހަމައަށް ވެސް ޖައްވީ އުޅަނދު ދިޔައީ ހަނދުގެ ދެކުނު ޕޯލް ކައިރީގައި އަރާމުކުރާ ތަނުން ޑޭޓާ ފޮނުވަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހަނދުގެ ސަރަޙައްދަށް ދަތުރުކުރި ގަޑިތަކުގައި އޮޑިސިއަސްއަށް ނެވިގޭޝަންގެ މައްސަލަތަކެއް ކުރިމަތިވިއެވެ. އިންޓިޓިއުޓް މެޝިންސް އިން ބުނީ ހަނދުގެ ދެކުނު ތަނބު ކައިރީގައި އޮތް ގިރަމުން ދިޔަ ވަޅުގަނޑެއްގެ ތެރެއަށް ވެހިކަލް ވެއްޓުނު އިރު، އެ އުޅަނދު  އެއްފަރާތަށް އަރިވެފައިވާކަމަށެވެ.

ހުކުރު ދުވަހު ނާސާ އާއި އިންޓިޓިއުޓް މެޝިންސްގެ ނިއުސް ބްރީފިންއަށް ބަލާއިރު ޖައްވީ އުޅަނދުގެ ހާލަތާއި އޭގެ ހުރިހާ ސައިންސް އިންސްޓްރޫމަންޓެއް އަދި ސާފެއް ނުވެ އެވެ.

ނަމަވެސް އޮފިޝަލުން ބުދަ ދުވަހު ހާމަކުރި ގޮތުގައި އޮޑީސިއަސް ވަނީ ނާސާގެ ހަ އިންސްޓްރޫމެންޓްގެ ޑޭޓާ އާއި ކޮމާޝަލް ކުންފުނިތަކުގެ ޕެލޯޑްތައް ފޯރުކޮށްދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ