- Advertisement -ad image

ކޮވިޑުގެ ބަލިމަޑުކަން ފެށުނީ ސައިންސްވެރިންގެ ސަބަބުން ކަމަށް ވެދާނެ: އދ.ގެ ޕްރޮފެސަރު

ad image

ގުޅުންހުރި ލިޔުންތައް

ކޮވިޑް އުފެދުނީ “ދިރާސާއާ ގުޅުން ހުރި ހާދިސާއަކުން” ކަމަށް ބެލެވޭ އިރު، ބަލިމަޑުކަން ފެތުރިދާނެ ފަދަ ތަހުލީލުތައް މިހާރަށް ވުރެ ރަނގަޅަށް ރެގިއުލޭޓް ކުރުމަށް ގޮވާލާ އދ. ގެ ޕްރޮފެސަރަކު ވާހަކަދައްކައިފި އެވެ.

ލަންޑަންގެ ކިންގްސް ކޮލެޖްގެ ސައިންސް އެންޑް އިންޓަނޭޝަނަލް ސެކިއުރިޓީގެ އެސޯސިއޭޓް ޕްރޮފެސަރު ޑރ ފިލިއްޕާ ލެންޓްޒޯސް ވިދާޅުވީ މި ބަލިމަޑުކަމަކީ ސައިންސްވެރިން ފެށި ބަލިމަޑުކަމެއް ކަމަށް ކޮންމެވެސްް ވަރަކަށް ޤަބޫލުކުރެވޭ ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ގިނަ ޢަދަދެއްގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅޭ ސައިންސާބެހޭ ރަނގަޅު ޤަވާއިދުތަކެއް ހެދުމަށް ގޮވާލާ އިންޑިޕެންޑެންޓް ޓާސްކްފޯސް އޮން ރިސާޗް ވިތް ޕެންޑެމިކް ރިސްކްސްގެ ރިޕޯޓެއް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ނިއުޔޯކްގައި ހުންނަ އދ.ގައި ވާހަކަ ދައްކަވަމުން ޓާސްކްފޯހުގައި ހިމެނިވަޑައިގަންނަވާ ޑރ ލެންޓްޒޯސް ވިދާޅުވީ މި ބަލިމަޑުކަން ފެށުނީ ދިރާސާތަކާ ގުޅުންހުރި ބައެއް ހާދިސާއަކުން ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

“އައުޓްބްރޭކެއް އަންނާނެ، އެއީ ގުދުރަތީ، ވިސްނައިގެން ނުވަތަ އެކްސިޑެންޓަކުން ކަމެއް ނޭނގޭނެ، ބައިނަލްއަގުވާމީ މުޖުތަމައެއްގެ ހައިސިއްޔަތުން އެކަން ތަހުގީގު ކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ.” ޑރ ލެންޓްޒޯސް ވިދާޅުވެފައި ވެއެވެ.

2020 ވަނަ އަހަރު ކޮރޯނާ ވައިރަސް ފެތުރެން ފެށީ ޗައިނާގެ ވޫހާންގެ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ (ޑަބްލިއުއައިވީ) އާ އެންމެ އަށް މޭލު ދުރުންނެވެ.

އަދި ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެކަށީގެންވާ ތަހުގީގެއް ހިންގުމަށް ފުރުސަތު ދިނުމަށް ދެކޮޅު ހަދައި، ލެބޯޓްރީތަކާއި ރިސާޗް ނޯޓްބުކް ނުވަތަ ސާމްޕަލް ޑޭޓާބޭސްތަކަށް ވަނުމަށް ކުރާ މަސައްކަތަށް ހުރަސް އަޅާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ