- Advertisement -ad image

އެހީގެ ގާފިލާ ކައިރިއަށް އެއްވެ ތިބި 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް

ޣައްޒާއަށް ފޯރުކޮށްދިން އެހީ ހޯދަން މަސައްކަތް ކުރަމުން ދިޔަ އާންމުންގެ ބަޔަކަށް އިޒްރޭލުން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ 112 މީހުން ޝަހީދުވެ، 760 މީހުން ޒަޚަމް ވެއްޖެއެވެ.

ޣައްޒާ ސިޓީގެ ހުޅަނގު ދެކުނުން އައްސޭރިފަށުގެ މަގުގައި ހުރި  އެހީ ފޯރުކޮށްދޭ ލޮރީތަކުގެ ގާފިލާއަކަށް އިޒްރޭލުން ހަމަލާ ދިންނަމަވެސް، އެޤައުމުން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ޓޭންކުތަކުން އިންޒާރުގެ ހަމަލާތައް ދިން ނަމަވެސް ލޮރީތަކަށް ހަމަލާ ދީފައި ނުވާ ކަމަށާއި މަރުވި މީހުން މަރުވީ ހަމަނުޖެހުމުގެ ތެރެއިން ކަމަށެވެ.

ހަމާސް އިން އިޒްރޭލުގެ އެ ވާހަކަ ދޮގުކޮށް ވަނީ “ސީދާ ރައްޔިތުންނާ ދިމާލަށް ބަޑީގެ ހަމަލާދިން” ކަމުގެ ދެބަސްވެވެން ނެތް ހެކި އެބަހުރި ކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، އެ ބައްދަލުވުމުގައި އިސްރާއީލު ސިފައިން “ބަޑީގެ ހަމަލާތައް ދިން” ކަމަށް ތުހުމަތުކޮށް އަލްޖީރިއާއިން ވަނީ ޑްރާފްޓް ސްޓޭޓްމަންޓެއް ހުށަހަޅައިފަ އެވެ.

އެ ކައުންސިލްގެ 15 މެންބަރުންގެ ތެރެއިން 14 މެމްބަރަކު އެ ގަރާރަށް ތާއީދު ކުރެއްވި އިރު، އެމެރިކާ އިން ވަނީ އެ ކަމަށް ހުރަސް އަޅާފައެވެ. އެމެރިކާގެ މަންދޫބު ރޮބަޓް ވުޑް ވަނީ މި ހާދިސާގެ ހަގީގަތް އަދި ސާފުނުވާ ކަމަށް ބުނެފައެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް މި ހަމަލާ ކުށްވެރިކުރައްވާފަ އެވެ. އަދި ޣައްޒާގައި ހާލުގައި ޖެހިފައިވާ އާންމުންނަށް އަވަސް އެހީތެރިކަމެއް ބޭނުންވާ ކަމަށާއި އޭގެ ތެރޭގައި ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވަންދެން އދއަށް އެހީ ފޯރުކޮށްނުދެވުނު އުތުރުގެ ރައްޔިތުން ވެސް ހިމެނޭ ކަމަށް ވިދާޅުވެފައި ވެއެވެ.

އިޒްރޭލުގެ އޭރިއަލް ފުޓޭޖުތަކުން ލޮރީތަކާއި ވަށައިގެން އެތައް ސަތޭކަ ބަޔަކު ތިބި އިރު، އޮންލައިންކޮށް އާންމުކޮށްފައިވާ ގްރެފިކް ވީޑިއޯތަކުން ފެންނަނީ ހުސްކުރި އެހީގެ ލޮރީތަކާއި ކާޓަކަށް ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތައް ބަރުކޮށްފައިވާ މަންޒަރެވެ.

ބުރާސްފަތި ދުވަހު ހިނގި މި ހާދިސާ ހިނގާފައިވަނީ ޣައްޒާ ސިޓީގެ ހުޅަނގު ދެކުނު ފަރާތުގައި އޮންނަ ނަބުލްސީގަ އެވެ.

މި ހާދިސާ ހިނގާފައި މިވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ފެށުނު ފަހުން 21،000 ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް 30،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ހާމަކޮށްފައި ވަނިކޮށެވެ. އަދި 7،000 އެއްހާ މީހުން ގެއްލި، 70،450 މީހުން ޒަޚަމްވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

އެ ސަރަހައްދުގެ އުތުރުގައި ކާބޯތަކެތީގެ ބާވަތްތައް ނުވަތަ ސާފު ފެނާއި ނުލައި ތިން ލައްކަ އެއްހާ މީހުން ދިރިއުޅެމުންދާއިރު، އެ ސަރަހައްދުގައި ކާރިސާއެއް ހިނގައިދާނެ ކަމުގެ އިންޒާރު އދ. އިން ވަނީ ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ