- Advertisement -ad image

ނުދަންނަ އަންހެނަކަށް “ޑާލިންގް” އޭ ބުނުމަކީ ޖިންސީ ފުރައްސާރަކުރުން: ކަލްކަތާ ހައިކޯޓު

ad image

ގުޅުންހުރި ލިޔުންތައް

ނުދަންނަ އަންހެނަކަށް “ޑާލިންގް” އޭ ބުނުމަކީ އިންޑިއަން ޕީނަލް ކޯޑް (އައިޕީސީ) ގެ 354 އޭ (އައި) ގެ ދަށުން ޖިންސީ ވާހަކަދެއްކުމާއި ފުރައްސާރަކުރުން ކަމަށް ކަލްކަތާ ހައި ކޯޓުން ނިންމައިފި އެވެ.

ކަލްކަތާ ހައި ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ މަސްތުގެ ހާލަތުގައި ހުރިކަމަށް ޝައްކުވެ ޖަނަކް ރާމް ނަމަކަށް ކިޔާ މީހަކު ހައްޔަރުކުރި އަންހެން ފުލުހަކާ ދިމާލަށް  “އޭ ޑާލިންގް، ކަލޭ ތި އައީ ޖޫރިމަނާކުރަންތަ؟”، މި އިބާރާތުން މުއާމަލާތް ކުރުމުންނެވެ.

މި މައްސަލަ ބެލި ފަނޑިޔާރު ވަނީ 354 ވަނަ މާއްދާގެ (އަންހެނެއްގެ އިހުލާސްތެރިކަމަށް އަރައިގަތުން) އަށް އިޝާރާތް ކުރައްވައި، އެ މާއްދާގެ ދަށުން ޖިންސީ ކުލައިގެ ވާހަކަތައް ދެއްކުމުގެ އަދަބު ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ނުދަންނަ އަންހެނަކަށް، ފުލުސް ކޮންސްޓަބަލަކަށް ވިޔަސް، އަދި ނުވިޔަސް، މަގުމަތީގައި، “ޑާލިންގް” މި ލަފުޒުން މުހާތަބު ކުރުމަކީ ހަޑިހުތުރު ބަހެއް ކަމަށާއި، ބޭނުންކުރާ ބަހަކީ ޖިންސީ ކުލައިގެ ބަހެއް ކަމަށް ގާޒީ ވިދާޅުވި އެވެ.

 އެ މީހާ މަސްތުގެ ހާލަތުގައި ހުރިކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ދައުވާ ލިބޭ ފަރާތުން ބުނެފައިވާ ކަން ވެސް ކޯޓުން ވަނީ ފާހަގަކޮށްފަ އެވެ. މިގޮތަށް އަމަލުކޮށްފައި ވަނީ މަސްތުގެ ހާލަތެއްގައި ނަމަ ކުށުގެ ސީރިއަސްކަން މިއަށްވުރެ ވެސް ބޮޑުވާނެ ކޯޓުން ބުނެފައިވެ އެވެ.

މީގެއިތުރުން މުޖުތަމަޢުގައި މިހާރު މިއޮތް މިންގަނޑުތަކަކީ މަގުމަތީގައި އުޅޭ ފިރިހެނަކަށް، ނުދަންނަ އަންހެނަކާ މެދު އުފާވެރިކަމާއެކު އެފަދަ ޚިޔާލުފާޅުކުރުމުގެ ފުރުޞަތު ދެވިދާނެ މިންގަނޑުތަކެއް ނޫންކަން ވެސް ފާހަގަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ