- Advertisement -ad image

މުސްލިމުން ބާކީވާގޮތަށް ހަދާފައިވާ ރަށްވެހިކަމުގެ ގާނޫނަށް އިންޑިއާއިން އަމަލުކުރަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

މުސްލިމުންނާ ދެކޮޅު ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ އިންޑިއާއިން އެ ޤައުމުގެ މުސްލިމުން ބާކީވާގޮތަށް ރަށްވެހިކަމުގެ ގާނޫނެއް ހަދަން ނިންމައިފި އެވެ.

ސިޓިޒަންޝިޕް އެމެންޑްމަންޓް އެކްޓް (ސީއޭއޭ) ޤާނޫނޫގެ ދަށުން ޕާކިސްތާން، ބަންގްލަދޭޝް އަދި އަފްޣާނިސްތާނުގެ މުސްލިމް ނޫން ދީނީ މައިނޯރިޓީތަކަށް ރަށްވެހިކަން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި އެކަމުގެ ސަބަބުން އަނިޔާ ލިބެމުންދާ ފަރާތްތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މި ގާނޫނަކީ 2019 ވަނަ އަހަރު ފާސްކުރި ގާނޫނެކެވެ.

އެ ގައުމުގެ ހޯމް އެފެއާޒް މިނިސްޓަރު އަމިތު ޝާހު ވިދާޅުވި ގޮތުގައި ހަމަނުޖެހުންތަކާ ގުޅިގެން އެކަމުގެ އުސޫލެއް ހެދިފައި ނުވި ނަމަވެސް މިހާރު ވަނީ އެކަން ކޮށްފަ އެވެ.

އޭނާ މިކަން ހާމަކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެހެން ވައުދެއް ފުއްދަވައި، އެ ގައުމުތަކުގައި ދިރިއުޅޭ ހިންދޫންނާއި، ސިކްންނާއި، ބުޑިސްޓުންނާއި، ޖައިނުންނާއި، ޕާސީންނާއި ކްރިސްޓިއަނުންނަށް ގާނޫނު އަސާސީ އެކުލަވާލި ފަރާތްތަކުން ވެވަޑައިގެންނެވި ވައުދު ހަގީގަތަކަށް ހެއްދެވިކަމަށް ސޯޝަލް މީޑިއާގައި ލިޔުއްވަމުންނެވެ.

ސީއޭއޭ ތަންފީޒު ކުރުމަކީ މިއަހަރުގެ އާންމު އިންތިހާބާ ދިމާކޮށް މޯދީގެ ވެރިކަން ކުރާ ހިންދޫ ނޭޝަނަލިސްޓް ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ރިޔާސީ ވައުދެކެވެ. އެއީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އިންޑިއާގެ ރައްޔިތަކަށް ނުވުމަށް މިހާރު ހުރަސް އަޅާ 64 އަހަރުވީ އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމެވެ.

އާ ގާނޫނުގެ ދަށުން ރަށްވެހިކަން ހޯދަން ބޭނުންވާ ފަރާތްތަކުން ޕާކިސްތާން، ބަންގްލަދޭޝް ނުވަތަ އަފްޣާނިސްތާނުން 31 ޑިސެމްބަރު 2014 ގެ ކުރިން އިންޑިއާއަށް އައިކަން ސާބިތުކޮށްދޭން ޖެހެ އެވެ. ގާނޫނަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާނެ ތާރީހެއް އިންޑިއާ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ސީއޭއޭއަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ ސީއޭއޭއަކީ އެކަހެރި ކޮށް، ދީނީ ގޮތުން ރައްޔިތުންނާ މެދު ތަފާތުކުރުން މަނާކުރާ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ސެކިއުލާ އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.

މިސާލަކަށް، ސްރީލަންކާގެ ތަމަޅަ ރެފިއުޖީން ހިމެނޭ ގޮތަށް މުސްލިމް ނޫން ގައުމުތަކުގައި އަނިޔާވެރިކަމުން ފިލައިގެން ދާ މީހުން އާ ގާނޫނުގައި ހިމަނާފައެއް ނުވެ އެވެ.

އަދި އަވަށްޓެރި މިޔަންމާގެ ރޮހިންޖާ މުސްލިމް ރެފިއުޖީންނަށް ވެސް އެ ގައުމުން އިންތިޒާމެއް ހަމަޖައްސާފައެއް ނުވެ އެވެ.

ރައްޔިތުންގެ ގައުމީ ރަޖިސްޓްރީއާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުން ކުރާއިރު، ސީއޭއޭ އަކީ އެގައުމުގެ 200 މިލިއަން މުސްލިމުންނަށް އަނިޔާކުރުމުގެ މަގެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތެވެ. އިންޑިއާގެ ބޯޑަރު ކައިރީގައި ދިރިއުޅޭ މީހުން ވެސް ހިމެނޭ ގޮތަށް އިންޑިއާގެ ބައެއް މީހުން ވެސް ތިބީ އެ ގާނޫނަށް އަމަލުކުރަން ފެށުމުން ބިދޭސީން ގިނަވާނެތީ ކަންބޮޑުވެފަ އެވެ.

ހޯމަ ދުވަހުގެ މި އިއުލާނަށް އިދިކޮޅު ފަރާތްތަކުން ނުރުހުނު އިރު، ކުރިއަށް އޮތް އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

މިއީ އޭޕްރީލް ނުވަތަ މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބަށް، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވާދަކުރައްވަނީ ތިން ވަނަ ދައުރަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ