- Advertisement -ad image

އެތައް ތަކުލީފަކާއެކުވެސް ފަލަސްތީނުގެ 35،000 މީހުން އަލްއަޤްޞާ މިސްކިތުގައި ތަރާވީޙް ނަމާދު ކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް ފަލަސްތީނުގެ އެތައް ހާސް ބަޔަކު ރޭ އަލްއަޤްޞާ މިސްކިތުގެ ގޯތިތެރޭގައި ތަރާވީޙް ނަމާދުކޮށްފިއެވެ.

އިސްލާމިކް އެންޑޯމަންޓްސް ޑިޕާޓްމަންޓުން ބުނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އަލްއަޤްޞާ މިސްކިތުގެ ތެރޭގައި ގާތްގަނޑަކަށް 35،000 އެއްހާ މީހުން ތަރާވީހު ނަމާދު ކޮށްފައިވަނީ އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް ކަމަށެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ފަލަސްތީނުގެ ޒުވާނުން އަލްއަޤްޞާ މިސްކިތުގައި ނަމާދަށް ވަނުމަށް އިސްރާއިލްގެ ސިފައިން ހުރަސް އެޅިކަމަށެވެ. އަލްއަޤްޞާ އާއި އެމިސްކިތުގެ ވަށައިގެންވާ ސަރަޙައްދުތައް ބަންދުކޮށްގެން އިސްރާއިލުން އުޅޭތާ ފަސް މަސް ވެއްޖެއެވެ.

އަލްއަޤްޞާ މިސްކިތަށް ވަންނަ އެއް ދޮރު ކަމަށްވާ ބާބް އަލް ޒަހްރާ ކައިރިން ނަމާދަށް ދިޔަ ފަލަސްޠީނުގެ ފިރިހެނަކު ހިފެހެއްޓުމުގެ ކުރިން، ސިފައިން ވަނީ ވަރަށް ބޮޑަށް އަނިޔާކޮށް މާރާމާރީ ހިންގާފައެވެ. 

މީގެ އިތުރުން ސިފައިން ވަނީ ގުދުސްގެ ކުރީގެ ސިޓީން އަލްއަޤްޞާ މިސްކިތުގެ ގާޑު ޚަލީލް އަލް ތަރްހޫނީ ހިފަހައްޓައި ތަހުގީގީ މަރުކަޒަކަށް ގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ