- Advertisement -ad image

އިސްރާއިލުން ފާއިތުވި 24 ގަޑިއިރުތެރޭގައި ފަލަސްތީނުގެ 82 މީހަކު ޝަހީދުކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގައި ޢާއިލާތަކާ ދެކޮޅަށް ނުވަ ގަތުލްއާންމު ހިންގާފައިވާއިރު، އޭގެ ނަތީޖާއެއްގެ ގޮތުން ފަލަސްޠީނުގެ 82 މީހަކު ޝަހީދުވެ، 110 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް މެޑިކަލް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހް ސިޓީގެ އުތުރަށް އަމާޒުކޮށް އިސްރާއީލުން މިއަދު ފަތިހު ދިން ވައިގެ ހަމަލާއެއްގައި ކުޑަކުދިންނާއެކު އާންމުންގެ ފަސް މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވިއެވެ.

މި ބޮމުގެ ހަމަލާދީފައިވަނީ އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ރަފާ ސިޓީގެ އުތުރުގައި އޮންނަ މިރާޖް ސަރަހައްދުގައި ހުންނަ ދެ ބުރީގެ ގެއަކަށެވެ.

މީގެއިތުރުން ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގެ އުތުރުގައި އޮންނަ އަލްޤަރާ އަވަށަށް އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ދިން ވައިގެ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށްއިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 32،070 މީހުން ޝަހީދުވެ 74،298 މީހުން ވަނީ ޒަޚަމްވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ