ވެއްލަވައްތާގައި ހުންނަ ނޯލިމިޓް ޝޮޕިންކޮމްޕްލެކްސްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މި އަލިފާން ނިއްވުމަށް ކޮލަމްބޯ މުނިސިޕަލް ކައުންސިލާއި ދޭހިވާލާ-މައުންޓް ލެވީނިއާ މުނިސިޕަލް ކައުންސިލާ ގުޅިފައިވާ ޖުމްލަ އެގާރަ ފަޔަރ ޓްރަކް ފޮނުވާފައިވާ ކަމަށް ކޮލަމްބޯ ފަޔަރ ބްރިގޭޑުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަލފާންގަނޑު މިހާރުުވަނީ ކޮންޓްރޯލްކޮށްފައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހާމަކޮށްފައި ނުވާއިރު، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.