- Advertisement -ad image

އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ އާންމުން ޝަހީދުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ޣައްޒާ (މާޗް 25) – ފަލަސްތީނުގެ އަލްޝިފާ ހޮސްޕިޓަލާއި ޣައްޒާގެ އެކި ސަރަހައްދުތަކުގައި، ހާއްސަކޮށް ދީރް އަލް-ބާލާހުގައި، ކުވައިތު ރައުންޑްއަބައުޓްގައި، އަދި ރަފާ ސިޓީ އާއި ޚާން ޔުނިސްގެ އިރުމަތީ ސަރަހައްދުގައި އިސްރާއީލުން ދިން ސިލްސިލާ ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވެ ޒަހަމްކޮށްލައިފި އެވެ.

ޣައްޒާގެ ޞިއްޙީ މަސްދަރުތަކުން ބުނީ ޣައްޒާގެ ހުޅަނގުގައި އޮންނަ އަލްޝިފާ ހޮސްޕިޓަލްގެ ކައިރީގައި އިސްރާއީލުން ދިން ބަޑީގެ ޙަމަލާތަކާއި ވައިގެ ޙަމަލާތަކުގެ އިތުރުން އިސްރާއީލުގެ ވެހިކަލްތަކާއި ޓޭންކުތަކުން ދިން ވަރުގަދަ ބަޑީގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ޝަހީދުވެ ޒަޚަމްވެފައިވާ ކަމަށެވެ.

ޣައްޒާ ސިޓީގެ ހުޅަނގުން އޮންނަ އަލް-ރިމާލް އަވަށުގައި ހުންނަ އަލް ޝިފާ މެޑިކަލް ކޮމްޕްލެކްސް ވަގުތުން ހުސްކުރުމަށް ލައުޑްސްޕީކަރު މެދުވެރިކޮށް އިސްތިއުމާރީ ބާރުތަކުން އެދުނު ކަމަށާއި ޖެހިޖެހިގެން އަށް ދުވަހު ސިފައިން އެ ކޮމްޕްލެކްސްގެ ވަށާލާފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެއެވެ.

މީގެއިތުރުން ކުވައިތު ރައުންޑްއަބައުޓްގައި އިންސާނީ އެހީ ބެހުމުގެ ކަންކަން ކަށަވަރުކުރާ ކޮމިޓީތަކުގައި މަސައްކަތް ކުރާ މީހުންނަށް އަމާޒުކޮށްގެން އޮކިއުޕޭޝަން ފޯސްތަކުން ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށް ސޫސެސް އިން ބުންޏެވެ.

ޣައްޒާގެ މެދުތެރޭގެ ދީރް އަލް ބަލާހްގެ އަލް-ހަކަރް ސަރަހައްދުގައި ހުންނަ އަބޫ އަމްރާ އާއިލާގެ ގެއަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުން ޒަހަމްވެފައިވާއިރު، ޣައްޒާގެ މެދުތެރޭގައި އޮންނަ އެ ސިޓީގެ އަލްބިއާ މަގުގައި ހުންނަ އެ މީހުންގެ ގެއަށް ދިން ބޮމުގެ ހަމަލާގެ ސަބަބުން ސަލްމާން އާއިލާ އާއި އާންމުންގެތެރެއިން ޝަހީދުވި މީހުންގެ އަދަދު ވަނީ 18 އަށް އަރައިފަ އެވެ.

ރަފަހް ސިޓީގެ މެދުގައި އޮންނަ ޔަބްނާ ކޭމްޕްގައި ހުންނަ ބަރްހޫމް އާއިލާގެ ގެއަކަށް އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން އަމާޒުކޮށް ދިން ހަމަލާތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވިއެވެ.

އިއްޔެ ހެނދުނުން ފެށިގެން ރަފަހް ސިޓީގެ ފަސް ގެއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 27 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އިޒްރޭލުން ދީރު އަލް ބަލާހަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު ވެސް 10 އަށް އަރާފައިވާއިރު ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ތިބީ ކުނިތަކުގެ ދަށުގަ އެވެ.

އިޒްރޭލުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެއްގަމާއި ކަނޑުއަދި ވައިގެ މަގުން ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތަކުގައި 32،226 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި 74،518 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އެތައް ހާސް ބަޔަކު އަދިވެސް ތިބީ ކުނިތަކުގެ ދަށުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ