- Advertisement -ad image

އދ.ގެ ގަރާރާއެކުވެސް އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ހުއްޓުމެއް ނެތް!

ad image

ގުޅުންހުރި ލިޔުންތައް

ރަމަޟާން މަހާ ދިމާކޮށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އދގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރި ނަމަވެސް، ވަށާލާފައިވާ ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ޙަމަލާތަކާއި ވައިގެ ޙަމަލާތައް ދެމިއޮތުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ.

އިޒްރޭލުން ޣައްޒާ ސިޓީގެ ބައެއް ގެތަކަށާއި ސަރަހައްދުތަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކުގައި އާންމުންގެ ނުވަ މީހަކު ޝަހީދުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އެ ސިޓީގެ ހުޅަނގުން އަޖޯރު އާއިލާގެ ގެއަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީ، ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް އާންމުންގެ އަށް މީހަކު ޝަހީދުކޮށްލައި އެތައް ބަޔަކު ޒަހަމްކޮށްލި އެވެ.

އަދި ޣައްޒާ ސިޓީގެ ޝުޖާއްޔާ އަވަށަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ވެސް އެކަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވިއެވެ.

އެ ސިޓީގެ އިރުމަތީ ޑިސްޓްރިކްޓް ކަމަށްވާ ޒައިތޫން ކައިރީގައި ވާ ސަރަހައްދުތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކުގައި އާންމުންގެ ހަތް މީހަކު ވަނީ ޒަހަމްވެފަ އެވެ.

މިދިޔަ ހޯމަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ރަމަޟާން މަހާ ދިމާކޮށް ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައި ގަރާރެއް ފާސްކޮށް، ޣައްޒާއަށް އެހީ ފޯރުކޮށްދިނުން އިތުރަށް ފުޅާކުރަން ޖެހޭކަން ކަށަވަރުކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ